މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް ބޭނުންކުރާ ޑަސްޓްބިން ކޮތަޅު، އަންގި،ފިހިގަނޑު އަދި އިލޮށިފަތިފަދަ ތަކެތި ހޯދުމާގުޅޭ، (3 ވަނަ އިޢުލާން)

މާލެ ސިޓީ ކައުންސިލްގެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް ބޭނުންކުރާ ޑަސްޓްބިން ކޮތަޅު، އަންގި،ފިހިގަނޑު އަދި އިލޮށިފަތިފަދަ ތަކެތި ހޯދުމާގުޅޭ، (3 ވަނަ އިޢުލާން) 

މާލެ ސިޓީ ކައުންސިލްގެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް ބޭނުންކުރާ ޑަސްޓްބިން ކޮތަޅު، އަންގި، ފިހިގަނޑު އަދި އިލޮށިފަތިފަދަ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/260 (01 ސެޕްޓެމްބަރ 2024) އިޢުލާނުގެ މަޢުލޫމާތަށް ބަދަލެއްގެންނަންޖެހުމާ ގުޅިގެން، އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ޑިސެމްބަރ 08 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ޑިސެމްބަރ 04 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

26 ނޮވެންބަރު 2024
ހޯދާ