ދިވެހިރާއްޖެ
ހއ. ދިއްދޫގައި އައުޓްޑޯ ޖިމެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި ގުޅޭ
ހއ ދިއްދޫގައި އައުޓްޑޯ ޖިމެއް ޤާއިމުކުރުމަށް ބޭނުންވާތީ،ޖިމްގައި ބޭނުންކުރާނެ މެޝިންތައް މި ކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 26 ނޮވެންބަރު 2024 ން 05 ޑިސެމަބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް މި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 11 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުގައެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މި އިޢުލާނާއި ގުޅިގެން ގަންނަށް ބޭނުންވާ ތަކެތީގެ ތަފްސީލް އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.