ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގއ. އަތޮޅު ހޮސްޕިޓަލުގެ ފާހާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާމް

 

ހޮސްޕިޓަލުގެ ފާހާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)GAAH/GAAH/2024/44އިއުލާން ބާތިލް ކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

މި ހޮސްޕިޓަލުގެ ފަސްޓް ފްލޯ އާއި ގްރައުންޑް ފްލޯގެ ފާޚާނާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޑިސެމްބަރ 2024

ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް މި ހޮސްޕިޓަލުގެ މީޓިން ރޫމަށް ( ދެވަނަ ފަންގިފިލާ ) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 10 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު މެންދުރު 13:00

އަށް މި ހޮސްޕިޓަލުގެ މީޓިން ރޫމަށް ( ދެވަނަ ފަންގިފިލާ ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު

ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.        

އިތުރަށް މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން މިހޮސްޕިޓަލުގެ ނަންބަރު 6821016، 7449667، 9719666 އަދި 7854041 ނަމްބަރ ފޯނަށް ރަސްމީ ގަޑީގައި

ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

                 

                                                           24 ޖުމާދަލްއޫލާ 1446

                                                           26  ނޮވެމްބަރ  2024   

26 ނޮވެންބަރު 2024
ހޯދާ