މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދީނީ ލިޔުންތައް ފާސްކުރާއިރު މިނިސްޓްރީގެ ހުއްދަ ހޯދުމާ ބެހޭ

އިޢުލާން

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އެޤާނޫނު ގެ (2) ވަނަމާއްދާގެ (ނ) ގައިވާގޮތުން، ދިވެހިރާއްޖޭގައި ދީނީ ފޮތް ޝާއިޢު ކުރެވޭނީ، މި މިނިސްޓްރީގެ ލިޔުމަކުން ހުއްދަ ލިބިގެންނެވެ.

އިސްވެ ބަޔާންވެ ދިޔަ ޤާނޫނާ ޚިލާފަށް، ބައެއް ފަރާތްތަކުން، ދީނީ ފޮތްތައް ޝާއިޢު ކުރުމާއި، ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތަކާއި، ޤުރްއާނުގެ ބައެއް ފޮތްތަކާއި، އާޔަތްތައް، ދިވެހިބަހަށް ތަރުޖަމާކޮށްގެން، އެ ތަކެތި ފާސްކުރުމަކާ ނުލައި، ޝާއިޢު ކުރަމުންދާތީ، މިއީ ޤާނޫނާ ޚިލާފު ކަމަކަށްވާތީ، ދީނީ ފޮތްތަކާއި، ކީރިތި ޤުރްއާނުގެ ވަކިވަކި ބައިތަކާއި، ސޫރަތްތަކާއި، ޤުރްއާނުގެ އާޔަތްތަކާއި، މުޅި ޤުރްއާން، ތަރުޖަމާކޮށްފައި، މި މިނިސްޓްރީއަށް ހުށަހަޅައި، މި މިނިސްޓްރީން، އެތަކެތި ބަލައި ފާސްކޮށް، ލިޔުމަކުން ހުއްދަ ލިބުމުގެ ކުރިން، އެ ތަކެތި ޝާއިޢު ކުރުމަކީ، މަނާކަމެއް ކަމުގައި ދެންނެވީމެވެ.

30 ޖޫން 2015

30 ޖޫން 2015
ހޯދާ