މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގެ އޭސީ ސާވިސް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

އަމިއްލަ ތެކެތީގައި މިކޯޓުގެ 05 އޭސީ ސާވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތުސާފުކުރުމަށް ބޭނުންފުޅުވާނަމަ 03 ޑިސެންބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން 6580605 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ހަމައެދުވަހުގެ (03 ޑިސެންބަރ 2024) 13:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ 

26 ނޮވެންބަރ 2024

26 ނޮވެންބަރު 2024
ހޯދާ