ދިވެހިރާއްޖެ
ލަންދޫ ކައުންސިލް ވޮލީ ބޯޅަ ޗެންޕިއަންޝިޕް 2024 ގެ މެޗުތައްް ކުރިޔަށްދާ ދުވަސްތަކުގައި އެސަރަހައްދުގައި ގާޑިޔާ / މޭޒު ބަހައްޓައިގެންް ކާބޯތަކެތީގެ ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
ވީމާ، މި މުބާރާތް ކުރިޔަށްދާ ވަގުތު ގާޑިޔާ / މޭޒު ހަދައިގެން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާއާއި ގުޅުއްވައި މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، މިކަމަށްއެދޭ ފޯމް ނަންގަވާ 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:45 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ދޫކުރާ ޙުއްދައިގެ ފީ އަކީ ދުވާލަކަށް -/50 (ފަންސާސް ރުފިޔާ)އެވެ.
މިކަމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 09 ޖާގައެވެ. ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމުގައި ދެންނެވީމެވެ. ޙުއްދަ ނުނަގާ މި ދުވަސްތަކުގައި މި ސަރަހައްދުގައި ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. މިކަމާއިގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6563755 ،7755362 ނަމްބަރ ފޯނާއެވެ.