ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފިނޭ ކައުންސިލް ފިރިހެނުންގެ ވޮލީމުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފިނޭ ކައުންސިލް ފިރިހެނުންގެ ވޮލީމުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތަކީ ރަށުގެ ފިރިހެނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކުރުމާއި، ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކަށް ފިނޭގެ ވޮލީ ކުޅުންތެރިން ތައްޔާރުކުރުމާއި، އަޚްލާގު ރަނގަޅު ނަމޫނާ ވޮލީ ކުޅުންތެރިން މި ރަށުގައި އުފެއްދުމުގެ މަޤްސަދުގައި ބޭއްވޭ މުބާރާތެކެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމަށްޝައުގުވެރިވެލައްވާ ޓީމްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް 03 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

 

 ބައިވެރިވުމަށް އެދޭ ފޯމް ލިންކް  https://forms.gle/LGm5qRE8UFE73ZeH8

 

މި މުބާރާތުގެ ޤަވައިދު މި ޢިއުލާނާއެކު ޢާންމު ކުރެވިގައިވާނެއެވެ.  އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަ[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

26 ނޮވެންބަރު 2024
ހޯދާ