ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ ކައުންސިލްގެ ވެހިކަލްތައް ކުއްޔަށްދިނުމުގެ އުޞޫލަށް 2 ވަނަ އަދި 3 ވަނަ އިޞްލާޙު ގެނައުން

  ހއ.އިހަވަންދޫކައުންސިލްގެނަންބަރު(PP)248ESMSMS/248/2024/05 (ހއ.އިހަވަންދޫ ކައުންސިލްގެ ވެހިކަލްތައް ކުއްޔަށްދިނުމުގެ އުޞޫލު) އަށް 2 ވަނަ އިޞްލާޙު ގެނައުން

  1. ބުނެވި ދިޔަ އުޞޫލުގެ 5 ވަނަ މާއްދާ (ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް)އަށް (ދ) އަދި (ތ) އިތުރު ކުރުން.

  5) ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް:   (ދ) މިއުޞޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލުން ނިންމަވައިފި ހިނދެއްގައި، ވެހިކަލްއަށް ކަނޑައެޅޭ ޑީސަލްގެ މިންވަރަށްވާ ފައިސާ ކައުންސިލަށް ދައްކާގޮތަށް މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކަށް ވެހިކަލް ކުއްޔަށް ދޫކުރެވިދާނެއެވެ. 

  (ތ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ޑީސަލްގެ މިންވަރު ކަނޑައަޅާނީ ވެހިކަލްއިން ކުރާ މަސައްކަތަށް ބިނާކޮށް، އެއިރެއްގައި ބާޒާރުން ޑީސަލް ލިބެންހުރި އަގަށް ބަލައި ކައުންސިލްގެ އިދާރާއިންނެވެ.  

  ހއ.އިހަވަންދޫކައުންސިލްގެނަންބަރު(PP)248ESMSMS/248/2024/05 (ހއ.އިހަވަންދޫ ކައުންސިލްގެ ވެހިކަލްތައް ކުއްޔަށްދިނުމުގެ އުޞޫލު) އަށް 3 ވަނަ އިޞްލާޙު ގެނައުން

  1. ބުނެވި ދިޔަ އުޞޫލުގެ 5 ވަނަ މާއްދާ (ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް) ގެ (ކ) އިޞްލާޙުކުރުން.

  5) ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް:   (ކ) ވެހިކަލް ކުއްޔަށް ދޫކުރެވޭނީ، ކުއްޔަށް ހިފުމަށް އެދޭ ވަގުތަށް ޖެހޭ ފައިސާ އެޑްވާންސްކޮށް މިކައުންސިލަށް ދެއްކުމުންނެވެ. އަދި ވެހިކަލް ކުއްޔަށް ހިފުމަށް އެދިފައިވާ ވަގުތަށްވުރެން އިތުރަށް، ވެހިކަލް ބޭނުންކުރެވޭނީ އިތުރުކުރުމަށް ބޭނުންވާ ވަގުތަށްވާ ފައިސާ އެޑްވާންސްކޮށް މިކައުންސިލަށް ދެއްކުމުންނެވެ. މިގޮތަށް، އިތުރުކުރެވޭ ވަގުތު ގުނޭނީ މިމާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތީންނެވެ. 

  މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 26 ނޮވެންބަރު 2024 އިން ފެށިގެންނެވެ.

26 ނޮވެންބަރު 2024
ހޯދާ