އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ތ. މަޑިފުށީ ކައުންސިލްގެ ބައި-އިލެކްޝަން

ތ. މަޑިފުށީ ކައުންސިލްގެ ބައި-އިލެކްޝަން

ތ. މަޑިފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 އޯގަސްޓް 1 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2015 ޖޫން 10 ވީ ބުދަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 ޖޫން 25 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 ގެ ނިޔަލަށް ހުޅުވާލުމާ ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، ތ. މަޑިފުށީ، މޯނިންގްރޯވ، ޢަބްދުﷲ އަފްޟަލް، އެވެ.

ވީމާ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތ. މަޑިފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، ތ. މަޑިފުށީ، މޯނިންގްރޯވ، ޢަބްދުﷲ އަފްޟަލް، އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ