ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
2025ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

        އިއުލާން ނަންބަރ: GS160/IUL/012/2024 

2025ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

            

1 ޖަނަވަރީ 2025 އިން ފެށިގެން 31 ޑިސެންބަރ 2025 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "" މިހެން ލިޔެފައި އޮންނަންވާނެއެވެ.

  1. މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން  26 ނޮވެންބަރު 2024 އިން 02 ޑިސެމްބަރ 2024 ގެ ނިޔަލަށް ތިރީގައިވާ ގޫގްލް ފޯމްގެ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކް: https://forms.gle/WjFnbKBmaP1tJrgW9

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2024 ނޮވެންބަރު 27 ވަނަ ދުވަހުގެކުރިން 6680841 އަށް ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރައްވައި މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ޑިސެމްބަރ 09 ވަނަ ދުވަހުގެ 13:00 ގައިއދ. ދިގުރަށު ސްކޫލްގައެވެ.
  3. މި މަސައްކަތުގެ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  5. ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.  

ޝުކުރިއްޔާ

26 ނޮވެންބަރު 2024
ހޯދާ