ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަަހައްޓާނެ ފަރާތެއް ހޯދުން

ސ. އަތޮޅު މަދަރުސާގެ 2025 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 27 ނޮވެމްބަރ 2024 ން 03 ޑިސެމްބަރ 2024 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން

2- ރަޖިސްޓްރީ ނަންބަރ

3- އީމެއިލް އެޑްރެސް

4- ގުޅޭނެ މޯބައިލް ނަންބަރު

މި ބީލަމާއިގުޅޭ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ފޯން ނަމްބަރަށް ގުޅުއްވުމުން  މަޢުލޫމާތު ސާފުކުރެވޭނެއެވެ. 

ބިޑް ހުޅުވުން އޮންނާނީ  08 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

މި ޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ސ.އަތޮޅު މަދަރުސާ                                                     

ފޯން ނަންބަރ:6895679

އީމެއިލް އެޑްރެސް:[email protected]

26 ނޮވެންބަރު 2024
ހޯދާ