އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވ. ފެލިދޫ ކައުންސިލްގެ ބައި-އިލެކްޝަން

ވ. ފެލިދޫ ކައުންސިލްގެ ބައި-އިލެކްޝަން

ވ. ފެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 އޯގަސްޓް 1 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2015 ޖޫން 10 ވީ ބުދަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 ޖޫން 25 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 ގެ ނިޔަލަށް ހުޅުވާލުމާ ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، ވ. ފެލިދޫ، ކެނެރީހިޔާ، އަޙްމަދު ނަދީމް، އެވެ.

ވީމާ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ވ. ފެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި، ވ. ފެލިދޫ، ކެނެރީހިޔާ، އަޙްމަދު ނަދީމް، އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ