ދިވެހިރާއްޖެ
ހދ ހިރިމަރަދޫ އިޖްތިމާޢީ ސަރަޙައްދުތަކާއި އިޖްތިމާޢީ ސަރަޙައްދުގައި ހިމެނޭ މަގުތަކާއި ގޯޅިތައް ކުނިކަހާ ވިނަނޮޅައި ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި (IUL)261/261/2024/18 (05 ނޮވެމްބަރ 2024) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ ނުވަތަ މިއިދާރާގެ ނަންބަރ: 6520047 ފޯނަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރައްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
26 ނޮވެމްބަރ 2024 އިން 28 ނޮވެމްބަރ 2024 ނިޔަލަށް |
28 ނޮވެމްބަރ 2024 ގެ 12:00 ކުރިން، |
މައުލޫމާތު ސާފްކުރުން |
02 ޑިސެމްބަރ 2024 |
10:15 ހދ ހިރިމަރަދޫ ކައުންސިލް އިދާރާ ގައެވެ. |
ބީލަންތައް ހުޅުވުން |
08 ޑިސެމްބަރ 2024 |
10:15 ހދ ހިރިމަރަދޫ ކައުންސިލް އިދާރާ ގައެވެ. |
- ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު މިކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ސޯސަންމަގު، ހދ. ހިރިމަރަދޫ ، ދިވެހިރާއްޖެ
ފޯން: 6520047