ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2025 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ އައުޓްސޯސް ކޮށް ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 ނޮވެމްބަރ 2024 އިން 3 ޑިސެމްބަރ 2024 ގެ 13:00 ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުމަށް ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ. ނުވަތަ ގޫގުލް ފޯމް ފުރިހަމަ ކުރައްވާ:  https://shorturl.at/ozNSZ

1-     މައުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

2-     ރަޖިސްޓްރީ ނަމްބަރ:

3-     އީމެއިލް އެޑްރެސް:

4-     ގުޅޭނެ މޯބައިލް ނަމްބަރ:

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 4 ޑިސެމްބަރ 2024 ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.
  • މިމަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ·        ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ
  • ފޯން: 6580330
  • އީ-މެއިލް: [email protected]
26 ނޮވެންބަރު 2024
ހޯދާ