އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ބަނދަރު ކައިރީގައި މޮނިއުމެންޓް ހެދުމާއި އެތަނުގެ މަގުފާރު ރޭނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫ ބަނދަރު ކައިރީގައި މޮނިއުމެންޓް ހެދުމާއި އެތަނުގެ މަގުފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު: (IUL)351/351/2024/43 (14 އޮކްޓޯބަރު 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާތިލްކޮށް ދެވަނަ އިޢުލާނެއް ކުރަމެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 02 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 02 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ނޮވެންބަރު 2024
ހޯދާ