ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޕްރޮޖެކްޓް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/6,295 ރުފިޔާ
-/2,000 ރުފިޔާ
2,203/25 ރުފިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕަރޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ސައިންސާ ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ސައިންސާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސައިންސާ ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ސައިންސާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސައިންސާ ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ސައިންސާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ފެނާއި ނަރުދަމާއާ ގުޅޭ ސްޓޭންޑަރޑްސް އާއި ގައިޑްލައިންސް ތައްޔާރު ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
- ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ތައްޔާރު ކުރަންޖެހޭ އެގްރީމެންޓް ފަދަ ލިޔުންތައް
- ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް އެހީތެރިވެދީ އަދި އެޕްރޫވް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް
- ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
- ކަނޑައެޅިފައިވާ ގޮތުގެމަތިން މަޝްރޫޢުތަކުގެ ރިވިއު (ކުއަރޓަލީ އަދި މަންތްލީ) ރިޕޯޓު ތައްޔާރު ކުރުމުގައި ޢަމަލީ ގޮތުންބައިވެރިވެ އެހީތެރިވުން. އަދި އެ ކަންމާ ގުޅޭ ގޮތުން ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ކަނޑައެޅިފައިވާ ގޮތުގެމަތިން ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތައް ހިނގަމުންދާގޮތުގެ އަޕްޑޭޓް ކޮންމެ ހަފުތާއެއްގައި ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޔުނިޓުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކާ ގުޅިގެން ވަޑައިގަންނަވާ ބޭރުގެ ކޮންސަލްޓަންޓުންނަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ޢަމަލީ ގޮތުން ކޮންސަލްޓަންޓުން ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.
- ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާގުޅޭ ގޮތުން ލިބޭ ލިޔެކިޔުންތަކަށް އިސްވެރިޔާގެ އިރުޝާދުގެމަތިން ދުވަހުންދުވަހަށް ޖަވާބު ދިނުން.
- ނަރުދަމާ ނިޒާމްގެ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ބައްދަލުވުމުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅުފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ޕްރޮޖެކްޓާއި ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމްކޮށް ބޭނުންވާ އެހީތެރިކަން ދިނުން.
- މީގެއިތުރުން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ޕްރޮޖެކްޓް މެނޭޖްމަންޓާއި ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު.
- އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ލިބިފައިވާ ތަޖުރިބާ.
- ތިމާވެށީގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު.
- ގުޅުންހުރި ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 16 ޖުލައި 2015 ވާ ޖުލައި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 20 ޖުލައި 2015 އާއި 20 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
19 ރަމަޟާން 1436
|