|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް)
|
ބޭނުންވާ އަދަދު:
|
1
|
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް
|
|
ގްރޭޑް:
|
4
|
ސްޕައިން ޕޮއިންޓް:
|
18
|
|
މުސާރަ:
|
މަހަކު 5,956.80 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,552.92 ރުފިޔާ
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް، އަހަރަކަށް 250،000 ރުފިޔާ އާހަމައަށް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
|
|
ރަސްމީ ގަޑި:
|
ހެނދުނު 13:00 އިން 19:00 އަށް
|
|
މަގާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު، 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ތާވަލް ކުރެވިފައިވާ ގަޑިތަކުގައި އޮފީސް ހުޅުވުމާއި ލެއްޕުން.
- ވިޒިޓިންގް ލެކްޗަރަރސްގެ ރެކޯޑްތައް ބެލެހެއްޓުމާއި ކިޔަވައި ދިނުމުގައި ކަންކަމަށް މަގުފަހިކޮށްދިނުން.
- ދަރިވަރުންގެ ޔޫނިއަންގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- ދަރިވަރުންގެ ހިޔާލުތައް ހޯދައި ރެކޯޑް ބެލެހެއްޓުމާއި ޙައްލު ހޯދުމަށް މަސައްކަތް ކުރުން.
- ކެމްޕަހުގެ ޕްރޮމޯޝަނާއި މާކެޓިންގްއަށް ބޭނުންވާ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ތައްޔާރު ކުރުމާއި ޑިޒައިން ކުރުން.
- ކްލާސްތަކުގެ ޓައިމްޓޭބަލް ތައްޔާރު ކުރުމާއި ޝެޑިއުލް ކުރެވޭ އިތުރު ކްލާސްތައް ކަނޑައެޅިފައިވާ އުސޫލުން ހަމަޖެއްސުން.
- އިދާރީ، އެކެޑަމިކް އަދި ދަރިވަރުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި މީޓިންގް އެޓެންޑެންސް ބެލެހެއްޓުން.
- ލެކްޗަރަރއިންގެ ފީޑްބެކް ޤަވާއިދުން ހޯދައި ފާހަގަވާ ކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތް ކުރުން.
- ކެމްޕަހުގެ ކުރިއެރުމަށް އާ ކަންތައްތައް ހޯދައި އެފަދަ ކަންކަން ކުރުމަށް އިސްނަގައިގެން މަސައްކަތް ކުރުން.
- ވިޒިޓިންގް ލެކްޗަރަރުންގެ ކަންތައް ގާތުން ބަލައި ޤަވާއިދުން މުޢާމަލާތް ކުރުމާއި ކެމްޕަހާއި އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓުން.
- ދަނާލުގެ އިންސްޕެކްޝަން މަހަކު އެއްފަހަރު ހެދުމާއި ދަނާލުން ދަރިވަރުންނަށް ދެވޭ ޚިދްމަތް ރަގަޅު ކުރުން.
- ދަރިވަރުންގެ ފީޑު ބެކް ހޯދުމާއި ދަނާލުގެ ރިޕޯޓް ކޮނެމް ސެމިސްޓަރއަކު 1 ފަހަރު ތައްޔާރު ކުރުން.
- ދަރިވަރުންގެ އިޖްތިމާޢީ ތަރައްގީއަށް މަސައްކަތްކޮށް އެފަދަ އިވެންޓްތައް އިންތިޒާމް ކުރުން.
- ކެމްޕަހަކީ ތިމާވެއްޓާއި ރައްޓެހިތަނަކަށް ހެދޭނެ ގޮތްތައް ހޯދައި އެކަމަށް މަސައްކަތް ކުރުން.
- ކިޔަވައިދިނުމަށް ބޭނުންކުރާ އާލާތްތަކާއި ތަންތަން ރަގަޅަށް މަސައްކަތް ކުރޭތޯ ގަވާއިދުން ބަލައި ޔަގީންކުރުން.
- ދަރިވަރުންނަށް އަންގަންވާ މުހިއްމު އެންގުންތައް އެންގުން.
- މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ދަފްތަރު ބަލަހައްޓައި އެޖަމިއްޔާއާއި ކެމްޕަހާއި އޮންނަ ގުޅުން ދެމެހެއްޓުން.
- އިމްތިހާންތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
- ރަށުންބޭރުން އަންނަ ދަރިވަރުންނާއި މެހުމާނުން އަދި ލެކްޗަރަރުން ރިސީވްކުރުމާއި އެކޮމަޑޭޝަން އަދި ދަތުރު ފަތުރު ހަމަޖެއްސުން.
- އިދާރީ މުވައްޒަފަކު ޗުއްޓީއަށްދާނަމަ އެމުވައްޒަފެއްގެ މަސައްކަތް ހަމަޖެހިފައި އޮންނަ އުސޫލުތަކާއި އެއްގޮތަށް ކުރުން.
- ރިސެޕްޝަނުގައި ޑިއުޓީއަދާކުރުމާއި ރިސެޕްޝަނުންދޭންޖެހޭ ހިދުމަތްދިނުން.
- ނުރަސްމީގަޑިތަކުގައި އޮފީސް ހުޅުވަންޖެހިއްޖެނަމަ ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އޮފީސް ހުޅުވައި ޑިއުޓީ އަދާކުރުން.
- ސިޓީ ލިޔުމާއި އެންޓްރީ ކުރުން ފަދަ ދުވަހުން ދުވަހަށް ނިންމަންޖެހޭ އިދާރީ މަސައްކަތްކުރުން.
- އޮފީހުގައި ދުވަހުންދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަށް ކުރުން.
- އިތުރު ހަރަކާތްތަކާއި ޖަލްސާތަކާއި އިވެންޓްތައް ތައްޔާރުކުރުމާއި ބައިވެރިވުން.
- އެހެން މުވައްޒަފުން ޗުއްޓީ ނެގުމުން ހަވާލުކުރެވޭ މަސައްކަތް ޤަވާއިދުން ކުރުން.
- ވަޒީފާއާއި ގުޅޭ ގޮތުން އޮފީހުގެ ވެރިން އަންގަވާ މަސައްކަތްތައް ކުރުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
- 2024 ޑިސެންބަރު 3 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-HC-151
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
* އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 03 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
|