ދިވެހިރާއްޖެ
އިޢުލާން
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރައްޔިތުންގެ މަސް ރޭސް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.
މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސް ބޭނުމުގެ މުބާރާތެއް (މަސް ރޭހެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު 2024 ވަނަ ދުވަހުއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިންމަފުށީގައި ދިރިއުޅޭ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރާ ގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މިއިޢުލާނާ އެކުގައިވާ ޤަވާޢިދުގައި ވާނެއެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަށް 01 ޑިސެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "ރައްޔިތުންގެ މަސްރޭސް 2024 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެ އެވެ. މި މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.