ދިވެހިރާއްޖެ
ނަމްބަރު: GS147-C/2024/34
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ސުކޫލްގެ ލައިބްރަރީއަށް ބައެއް އިތުރުކުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަމްބަރު GS147-C/2024/32 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކަމެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 01 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހު 11:00 ކުރިން ސުކޫލްގެ އިދާރާއަށް ޙާޒިރުވެ ނުވަތު 6640577 ގުޅުއްވާގެން ރަޖިސްޓްރީވުން އެދެމެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ބައްދަލުވުން އޮއްނާނީ 01 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:30ގައި ގާފަރު ސުކޫލްގައެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 04 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:30 ގައި ސްކޫލަށް ދުރުވެ އަންދާސީ ހިސާބުހުށަހެޅުމަށް އެދެމެވެ.