އިޢުލާނު
|
މަޤާމު:
|
ކޮމްޕިއުޓަރ ޓެކްނީޝަން
|
މަޤާމުގެ ނަންބަރު:
|
J-401835
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން މާލެ / ކ. މާލެ
|
މުސާރަ:
|
-/6295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ސްޕެޝަލް ޑިއުޓީ އެލަވަސް: މުވައްޒަފަށް ލިބޭމުސާރައިގެ %35
ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 900.00 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުން ހުރި އެންމެހާ ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައްދިނުމަށް ދަތިނުވާނެގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން.
- ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްސްތައް މުވައްޒިފުންނަށް ދަތިނުވާނޭ އުސޫލުގެމަތިން ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް މުވައްޒިފަށް އެސިސްޓަމް ބޭނުންކުރެވޭ ހާލަތަށްގެނެސް މުވައްޒިފަށް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރެވޭތޯ ޔަގީން ކުރުން.
- ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމް އަދި އެހެނިހެންތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓްތައް މަސައްކަތް ކުރާމިންވަރު ބަލާ ޕްރޮޖެޓަރ ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ހާލަތެއްގައި ބެހެއްޓުން.
- ސްކޫލުގައި ބޭނުން ކުރާ ޕްރިންޓަރތައް ރަގަޅަށް މަސައްކަތް ކުރޭތޯ ބަލާ މުވައްޒިފުންނަށް ނެޓްވޯކް މެދުވެރިކޮށް ޕްރިންޓް ކުރެވެވޭ ގޮތް ހަދާ ކުރެވޭ ތޯ ޖެޗްކޮށް ބެލުން. އަދި ޕްރިންޓަރ ގެ ޓޯނަރ ހުސްވުން ސްޓޮކުން ޓޯނަރ ނެގުމަށްފަހު ޕްރިންޓަރ އަށް ލައްވާ ޕްރިންޓް ކުރެވޭނޭގޮތް ހެދުން.
- ސްކޫލުގައި ބޭނުންކުރެވޭ ސްކޭނަރުތައް މަސައްކަތް ކުރޭތޯބަލާ އަބަދުވެސް މުވައްޒިފުންނަށް ސްކޭން ކުރެވޭނޭގޮތައް ސެޓަޕް ހަދާފައި ބެލެހެއްޓުން.
- ޕްރިންޓާރ ، ސްކޭނަރ ، ކޮމްޕިއުޓަރ ސިސްޓަމް ، ލެޕްޓޮޕް ، ޕްރޮޖެކްޓަރ، ސްމާރޓް ބޯޑް އަދި ޑޮކްޓާރ ބޯޑް ތައް ބެލެހެއްޓުމަށްޓަކައި ޗެކްލިސްޓް ހަދާ އެތަކެތި ޗެކްކޮށް ދިމާވާ މައްސަތައް ހައްލުކުރުކޮށް އެތަކެތި ބޭނުން ކުރެވޭ ގޮތް ހެދުން.
- ހުރިހާ ސިސްޓަމަކަށް އެއް ވަރޝަންގެ ސޮފްވެއަރ އަޅާ އެއްގޮތްކުރުމާއި ސޮފްޓްވެއަރ އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި، ބަޖެޓްތަންދިން މިންވަރަކުން އެންޓިވައިރަސް އަޅާ މެއިންޓެއިން ކުރުން.
- އަދި 1.5 ގައި ބަޔާން ކުރެވިފައިވާ ތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުކުރާއިރުއާއި މިތަކެތީގެ ތެރެއިން ހަލާކުވާތަކެތީގެ މަޢުލޫމާތު އިންވެންޓްރީ އާއި ހަވާލުވެފައިވާ މުވައްޒިފަށް ދިނުން.
- ހުރިހާ އައިޓީ މެޝިނަރީ އަދި އެކިއުޕްމަންޓް ފޮޅާ ސާފުކުރުން.
- ސައުންޑް ރޫމް އަދި ކޮންޓްރޯލް ރޫމްގައި ހުރި އެކިއުމަންޓް ބެލެހެއްޓުން.
- ސައުންޑް ރޫމް އަދި ކޮންޓްރޯލް ރޫމްގައި ހުންނަޖެހޭ އިކުއިޕްމަންޓް ހުރިތޯބަލާ ޗެކްކޮށް ޔަޤީންކޮށް މިތަކެތި ރޫމްގައި ނެތްނަމަ އެތަކެތި ހުރިތަންތަނުން ގެނެސް ހުންނަންޖެހޭ ތަންތަނުގައި ސެޓަޕްހެދާ ސްޓޭންޑްބައިގައި ބެހެއްޓުން.
- ސައުންޑް ރޫމްގައި އަދި ކޮންޓްރޯލް ރޫމްގައި ހުރި ތަކެއްޗަށް ޖެހޭމައްސަލަ ބަލާ އެމައްސަލަތައް ރަގަޅުކުރުން އެތަކެތި މެއިންޓޭންކޮށް ބެލެހެއްޓުން.
- ސައުންޑްރޫމް އަދި ކޮންޓްރޯލް ރޫމްގައި ހުންނަތަކެތި ބާވެ ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވުމުން އެތަކެތި ނީލަން ކިއުމަށްޓަކައި ސަރުދާއާއި ހަވާލުކުރުން.
- އޭވީ ރޫމް ގައިވާ މެޝިންތަކާއި އެކިއުމަންޓް ބެލެހެއްޓުން.
- އޭވީ ރޫމްގައި ހުންނަޖެހޭ ޕްރޮޖެކްޓަރ ، ކޮމްޕިއުޓަރ ސިސްޓަމް އަދި ސައުންޑް ސިސްޓަމް ހުރިތޯބަލާ ޔަޤީން ކޮށް މިތަކެތި ރޫމްގައި ނެތްނަމަ އެތިކެތި ހުރިތަންތަނުން ގެނެސް އޭވީ ރޫމްގައި ސެޓަޕްހެދާ ސްޓޭންޑް ބައިގައި ބެހެއްޓުން.
- އޭވީރޫމްގައި ހުރި ތަކެއްޗަށް ޖެހޭމައްސަލަ ބަލާ އެމައްސަލަތައް ރަގަޅުކުރުން އަދި އެތަކެތި މެއިންޓޭންކޮށް ބެލެހެއްޓުން.
- އޭވީރޫމްގައި ހުންނަތަކެތި ބާވެ ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވުމުން އެތަކެތި ނީލަން ކިއުމަށްޓަކައި ސަރުދާއާއި ހަވާލުކުރުން.
- ސްކޫލު މުވައްޒަފުނަށް ސަވަރ ޑޮމެއިން ކްރިއޭޓްކުރުމާއި ސްކޫލް މެއިލް ކްރިއޭޓް ކުރުން.
- ސްކޫލަށް އަލަށް ވަޒީފާ އަށް ނުކުންނަށް މުވައްޒިފުންނަށް ސްކޫލް ސަވަރ ޑޮމެއިން ހެދުމާއި ސްކޫލްމެއިލް ހަދާ އެމުވައްޒިފހުންނަށް ލޮގިން އަދި މެއިލް ބޭނުންކުރެވޭކަން ޔަޤީން ކުރުން.
- ސްކޫލަށް ވަންނަ އިދާރީ މުވައްޒިފުންނަށް ވެރިއެއްގެ ލަފާގެމަތިން ޖެމްސް އެކައުންޓްހަދާ މުވައްޒިފަށް އެއެކައުންޓް ބޭނުންކުރެވޭކަން ޔަޤީން ކުރުން.
- ސްކޫލު މެއިލް އަދި ސްކޫލްގެ ޑޮއިމެއިން ލޮގިން އަދި ޖެމްސް ލޮގިން އަށް ޖެހޭމައްސަލަތައް ރަޅުކޮށް އެމުވައްޒިފުންނަށް އެތަކެތި ބޭނުންކުރެވޭގޮތް ހަދާ ބޭނުންކުރެވޭކަން ޔަޤީންކުރުން.
- ސްކޫލުން ވަކިވާ މުވައްޒިފުންގެ ޑޮމެއިން، މެއިލް، އަދި ގެމްސް ލޮގިން ބްލޮކް ކުރުން.
- ސްކޫލަށް ދަތިނުވާނޭހެން ސްކޫލުގެ ސަރވަރ ޑައުންވިޔަނުދީ ސަރވަރ ގެ ސެކިއުރިޓީ (އެންޓިވައިރަސް އަދި އެހެނިހެންގޮތް ގޮތުން) ބެލެހެއްޓުން.
- ސްކޫލް ޕްރޮޕަޓީގެ ދަށުގައިވާ އައިޓީ އާއި ގުޅުން ހުރި ސޮފްޓްވެއަރ ތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ސޮފްޓް ވެއަރ އަޕްގްރޭޑް ކުރުން.
- ސްކޫލުގައި ކޮމްޕިއުޓަރ ނެޓްވަރކް އެޅުމާއި ނެޓްވޯކަށް ދިމާވާ މައްސަލަތައް ބެލުމާއި ހައްލުކުރުން.
- ސްކޫލުގައި ކިޔަވާދިނުމަށް ގެންގުޅޭ ސްމާރޓް ބޯޑް އަދި ޑޮކްޓަރ ބޯޑް ބެލެހެއްޓުން.
- ސްމާޓް ބޯޑް އަދި ޑޮކްޓަރ ބޯޑްގެ ސޮފްޓްވެއަރ ބެލެހެއްޓުމާއި އެތަކެތި ބޭނުންކުރެވޭ ގޮތަށް ސްޓޭންޑް ބައިގައި ބެހެއްޓުން.
- ސްކޫލުގެ ޑިޖިޓަލް ނޯޓިސްބޯޑް، ވެބްސައިޓް އަދި ފޭސްބުކް ފޭންޕޭޖް ވެރިއެއްގެ ލަފާގެ މަތިން ބަލަހައްޓާ އަޕްޑޭޓްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން
- ސްކޫލުން ޑިޖިޓަލް ނޯސްޓިސްބޯޑުގައި ޑިސްޕްލޭ ކުރުމަށް ޑެއިލީ ޝެޑިލު ފޮތުގައި ހުން ތަކެތި ޑިޖިޓަލައިޒްކޮށް ދުވަހުން ދުވަހަށް ނޯޓިސް ބޯޑަށް އަރުވަންވާނެއެވެ.
- ޑިޓިޖަލް ނޯޓިސް ބޯޑް އަދި އެއާއި ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމް އެެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރަމުންދޭތޯ ކޮންމެ ދުވަހަކު ޗެކްކުރަންވާނެއެވެ.
- ސްކޫލުން ބެލެނިވެރިންނަށް ދެވޭ ނޯޓިސް ޑިޖިޓަލް ޑިޖިޓަލައިޒްކޮށް ނޯޓިސް ބޯޑަށް ދުވަހުން ދުވަހަށް އަރުވާ ވެބްސައިޓް އަދި ފޭސްބުކްއަށް އަޕްލޯޑް ކުރުން.
- ސްކޫލުގައި ހިނގާ އެކިއެކި ޖަލްސާތަކާއި ހަރަކާތްތަކު މަޢުލޫމާތު ސްކޫލުގެ ފޭސްބުކް ޕޭޖް އަދި ސްކޫލް ވެބްސައިޓަށް އަޕްލޯޑް ކުރުން.
- ސްކޫލު ވެބްސައިޓް ތަރައްޤީ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ބަލާ އެކަންކަން ވެރިންނާ ހިއްސާކޮށް ވެރިންގެ ލަފާގެމަތިން ވެބްސައިޓް އަށް ބަދަލުގެނައުން.
- ސްކޫލުގެ އެކއެކި ހަރަކާތްތަކަށާއި، ޖަލްސާއާއި ވޯންކްޝޮޕް އަދި އެސްމްލީގަޑީގައި ސައުންޑް އަދި ޕްރޮޖެކްޓަރ ސެޓަޕް ހެދުން.
- ކޮންމެ ދުވަހަކު ސްކޫލުގެ އެންސެމްބްލީ ގަޑިޖެހުމުގެ 15 ކުރިން ސައުންޑް ރެޑީކޮށް އެސެމްބްލީ ގަޑީގައި ސައުންޑް ކަންކަން ހިންގާދާގޮތް ބަލާ މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކޮށްދިނުން.
- ސްކޫލުގައި ބާއްވާ ހަފްލާތަކާއި މީޓިން، ވޯކްޝޮޕް އަދި އެކިއެކި ހަރަކާތްތަކަށް ސައުންޑް އަދި ޕްރޮޖެކްޓަރ 30 މޮނެޓް ކުރިން ސެޓަޕް ހަދާ ރެޑީ ކުރަންވާނެއެވެ.
- ސްކޫލުގެ ހަފްލާތަކާއި ޖަލްސާ އަދި މީޓިންގ ތަކުގައި ސައުންޑް ހެދުމަށްފަހު އެއިވެންޓެއް ނިމެންދެން ސައުންޑް އަދި ޕްރޮޖެކްޓަރގެ ކަންކަން ހިނގާދާގޮތް ބަލާ މައްސަލައެއްދިމާވެއްޖެ ހާލަތެއްގައި ހައްލުކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ އިވެންޓްތައް ނިމުމުން އެރޭންޖް ކުރެވިފައިވާ ތަކެތި ނަގާ ހުންނަޖެހޭ ތަންތަނަށްލާ ރައްކާކުރުން.
- ސްކޫލުގެ ވެބްސައިޓް ޓެކްނިކަލް ގޮތުން ދިމާވާމައްސަލަތަށް ހައްލުކުރުމާއި މޮނީޓަރކޮށް މެއިންޓެއިންކޮށް، އަޕްޑޭޓް ކޮށް ބެލެހެއްޓުން.
- ސްކޫލުގެ ސިސްޓަމްތަކަށް އެސް އޭޕީ ސިސްޓަމް އެޅުން.
- ސްކޫލުގެ ސިސްޓަމްތަކުގެ ތެރެއިން ސެޕް ބޭނުންކުރަންޖެހޭ މުވައްޒިފުންގެ ސިސްޓަމްތަކަށް ސެޕްއެޅުމަށްޓަކައި ރިއެސްޓް މިނިސްޓްރީއޮފް ފިނޭންސަށް ފޮނުވުން.
- މިނިސްޓްރީ އޮފް ފިނޭންސް އިން ސެޕް އަޅަން އަންނަންދެން ފޮލޮއަޕް ހަދާ ސެޕް ސްކޫލުގެ ސިސްޓަމް ތަކަށް އަޅާ ބޭނުންކުރެވޭތޯ ޔަޤީން
- ސްކޫލުގެ ހުރިހާ މެޝިނަރީޒްތަކެއްގެ މާސްޓާރ ޝީޓް ހަދާ މަޢުލޫމާތު އެންޓަރ ކޮށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
- މެޝިނަރީ ތަކުގެ މާސްޓަރ މަޢުލޫމާތު ޝީޓެއް ތައްޔާރުކޮށް އަޕްޑޭޓް ބެލެހެއްޓުން.
- މުވައްޒިފުންގެ ޑޮމެއިން ލޮގިން އަދި މެއިލް ލޮގިންގެ ޑީޓެއިލް މައުލޫމާތު ޝީޓް ތައްޔާރުކޮށް އަޕްޑޭޓް ބެލެހެއްޓުން.
- ދާއިރާއާއި ގުޅުންހުރި ތަކެތީކެ ޗެކްލިސްޓް ހަދާ ތަކެތި މޮނީޓަރ ކުރުމާއި މައްސަލަދިމާވެފައިވާ ކަންކަން ހައްލުކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
އިންފޮމޭޝަން ޓެކްނޮލޮޖީ
|
ތަޢުލީމީ ރޮނގުތައް:
ކޮމްޕިއުޓަރ ސައިންސް
|
މަގާމުގެ ޕްރިފާރޑް ޑިސިޕްލިން:
ނެތް
|
މަގާމުގެ ކޯ ޑިސިޕްލިން:
ކޮމްޕިއުޓަރ ސައިންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުން
|
30%
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5%
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު
|
5%
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5%
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
20%
|
އިންޓަރވިއު
|
35%
|
ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ން ފެށިގެން މަތިން ޕޮއިންޓު ލިބެންވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޑިސެންބަރު 2024 ، 14:00 ގެ ކުރިން، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން – މާލެ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު
އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 02 ޑިސެންބަރު 2024 އާއި 19 ޑިސެންބަރު 2024 އާ ދެމެދު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލެ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3330633 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.
|