ދިވެހިރާއްޖެ
އިޢުލާނު |
|||||||||||||||||
މަޤާމް |
ޓީޗަރ |
||||||||||||||||
ސްޕެޝަލައިޒޭޝަން |
ބަޔޮލޮޖީ |
||||||||||||||||
މަޤާމުގެ ނަންބަރު |
J-401793 |
||||||||||||||||
ބޭނުންވާ ޢަދަދު |
01 |
||||||||||||||||
މަޤާމުގެ ގިންތި: |
ދާޢިމީ |
||||||||||||||||
މަޤާމުގެ ރޭންކު: |
ޓީޗަރ ރޭންކު 1 ން ޓީޗަރ ރޭންކު 3އަށް |
||||||||||||||||
ޕަބްލިކް ސަރވިސް ރޭންކް |
ޕަބްލިކް ސަރވިސް ރޭންކު 5ން ޕަބްލިކް ސަރވިސް ރޭންކު 8އަށް |
||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން މާލެ / ކ. މާލެ |
||||||||||||||||
މުސާރަ: މުސާރަ އާއި އިނާޔަތްތައް |
|
||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގައާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން 2. ޤައުމީ މަންހަޖުގައި ދަރިވަރުންނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ "ކީ ކޮމްޕިޓެންސީޒް " ތައް ޙާޞިލު ވާނޭގޮތަށް ކިޔަވައިދިނުމުގައި ބޭނުންކުރާ ލެސަން ޕްލޭންތަކާއި ކްލާސްރޫމްގެ މާހައުލު އަދި އިތުރު ހަރަކާތްތައް ރޭވުން. 3. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުމާއި ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން 4. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރ، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން 5. ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން 6. ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން. |
||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
ޓީޗަރ، ރޭންކު 3 1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ހާޞިލްކޮށްފައިވުމާއެކު، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. ނުވަތަ؛ 2. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. ނުވަތަ؛ 3. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ހާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކު 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. ނުވަތަ؛ 4. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއި، ތަޢުލީމީ/ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ؛ 5. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ތަޢުލީމީ / ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ޓީޗަރ، ރޭންކު 2 1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީ އެއް ޙާޞިލްކޮށްފައިވުން. ނުވަތަ؛ 2. ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން. ޓީޗަރ، ރޭންކު 1 1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
||||||||||||||||
ކިޔަވައިދިނުމުގެ ދާއިރާ: |
ޓީޗިންގ - ބަޔޮލޮޖީ |
||||||||||||||||
ތަޢުލީމީ ދާއިރާ |
އެޑިޔުކޭޝަން ، ބަޔޮލޮޖީ، ޓީޗިންގ |
||||||||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
ޓީޗިންގ ސަރވިސަސް |
||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ޓީޗަރ ރޭންކު 1 ން ޓީޗަރ ރޭންކު 3 އާ ދެމެދު ކްރައިޓީރިއާ
|
||||||||||||||||
މިވަގުތު ޓީޗަރުންގެ ޖޮބްމެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރުމުގައި ދެވޭ އިސްތިސްނާ |
ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއް، ސިވިލް ސަރވިސްގެ އިދާރާއެއްގެ ޓީޗަރެއްގެ މަޤާމަށް ބަދަލުކުރާނަމަ ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ، ވަޒީފާ ހަމަޖައްސާނީ އެވަގުތު ވަޒީފާގައި ހުރި ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ ޙާލަތްތަކުގައި ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ. |
||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01ޑިސެންބަރު 2024، 14:00 ގެ ކުރިން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން- މާލެ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||||
އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ،02 ޑިސެންބަރު 2024، އާއި 19ޑިސެންބަރު2024 އާ ދެމެދު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލެ ގައެވެ. |
||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3330633 އަށެވެ. އީ-މެއިލް ކުރާނީ hr@chsemale.edu.mv އަށެވެ. ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ. |
13 ޖުމާދަލްއޫލާ 1446