ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޕްރޮޖެކްޓް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް. 2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
|
-/6,295 ރުފިޔާ
-/2,000 ރުފިޔާ
2,203/25 ރުފިޔާ (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ސައިންސާ ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ސައިންސާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސައިންސާ ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ސައިންސާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސައިންސާ ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ސައިންސާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރަށްރަށުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާ ނިޒާމް ޑިޒައިންގ ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާ ބެހޭ ފަރާތްތަކަށް ދިނުން.
- ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ތައްޔާރު ކުރަންޖެހޭ އެގްރީމެންޓް ފަދަ ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް އެހީތެރިވެދީ އަދި އެގްރީމެންޓްގައި ސޮއި ކުރުމުގެ ކުރިން ހޯދަންޖެހޭ ހުއްދަ ކަމާ ބެހޭ ފަރާތްތަކުން ހޯދުން.
- ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރެވިފައިވާ އަދި ކުރިއަށް ގެންދެވޭ ފެނާއި ނަރުދަމާ ނިޒާމްގެ ސްޕަވިޝަން އަދި މޮނިޓަރިންގ ދަތުރުތައް ކުރުމަށް ތާވަލް އެއް އެކުލަވާލުން. އަދި ކަނޑައެޅިފައިވާ ގޮތުގެ މަތިން ރަށްތަކަށް ދަތުރުކޮށް ސިސްޓަމްތަކާއި ގުޅޭ ރިޕޯޓު 3 ދުވަހުގެ ތެރޭގައި އެކުލަވާލާ ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުން.
- ކަނޑައެޅިފައިވާ ގޮތުގެމަތިން މަޝްރޫޢުތަކުގެ ރިވިއު (ކުއަރޓަލީ އަދި މަންތްލީ) ރިޕޯޓު ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން. އަދި އެ ކަންމާ ގުޅޭ ގޮތުން ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ކަނޑައެޅިފައިވާ ގޮތުގެމަތިން ހަވާލު ކުރެވޭ މަޝްރޫޢުތައް ހިނގަމުންދާގޮތުގެ އަޕްޑޭޓް ކޮންމެ ހަފްތާއެއްގައި ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޔުނިޓުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކާއި ގުޅިގެން ވަޑައިގަންވާ ބޭރުގެ ކޮންސަލްޓަންޓުންނަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ޢަމަލީ ގޮތުން ކޮންސަލްޓަންޓުން ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.
- ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ލިބޭ ލިޔެކިޔުންތަކަށް އިސްވެރިޔާގެ އިރުޝާދުގެ މަތިން ދުވަހުން ދުވަހަށް ޖަވާބު ދިނުން.
- ނަރުދަމާ ނިޒާމްގެ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ބައްދަލުވުމުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅުފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ޕްރޮޖެކްޓާއި ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމްކޮށް ބޭނުންވާ އެހީތެރިކަން ދިނުން.
- މީގެއިތުރުން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ޕްރޮޖެކްޓް މެނޭޖްމަންޓާއި ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު.
- އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ލިބިފައިވާ ތަޖުރިބާ.
- ތިމާވެށީގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު.
- ގުޅުންހުރި ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 20 ޖުލައި 2015 އާއި 20 އޮގަސްޓް 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
12 ރަމަޟާން 1436
|