މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމްއަށް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރެއް ހޯދުމަށް 25 މޭ 2015ގައި ކުރެވުނު އިޢުލާން IUL)30-G/1/2015/67) ބާޠިލުކޮށް އެމަޤާމުގެ މަސައްކަތުގެ ތަފުސީލަށް ބަދަލު ގެނުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

4 (ހަތަރެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

މަޤާމު

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

ސެކްޝަން

ޅ. ނައިފަރު (ނައިފަރު ކޯޕަރޭޓިވް ސޮސައިޓީ)، ޏ. ފުވައްމުލަކު (ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީ)، ސ. މީދޫ (އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ) އަދި ހއ. ހޯރަފުށި (ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީ)

މަސައްކަތް ކުރަންޖެހޭ ތަން

 05 މަސް

ވަޒީފާގެ މުއްދަތު

މުސާރަ: -/7000 - -/10،000 ރުފިޔާ (ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި)

މުސާރަ

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓްގެ ނުވަތަ ކުރަން ޖެހޭ މަސައްކަތުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
  • ފީލްޑްގައި މަސައްކަތްކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. މިމަޤާމުތަކަށް މުވައްޒަފުން ހޮވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • އިނގިރޭސިބަހުން އަދި ދިވެހިން ފަރިތަކަމާއެކު މުޢާމަލާތުކުރުމާއެކު ރިޕޯޓު ތައްޔާރުކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައި ވުން
  • މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝަރުޠު

މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލީ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅުއްވާނީ 3341836 އަށް ނުވަތަ ތިރީގައިވާ އެޑްރެސްއަށް އީމެއިލް ކުރައްވާ [email protected]

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް:

  • ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފައި)
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2015 ވާހޯމަ ދުވަހުގެ 13:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛

މާލެއިން ނަމަ:

ޕްރޮގްރާމް މެނޭޖަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން

މަތީގައި ދަންނެވިފައިވާ ރަށްތަކުން ނަމަ:

ރަށު ކައުންސިލް އަށް ހުށަހެޅުއްވުން އެދެމެވެ.

މިވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.

06 ޖުލައި 2015
ހޯދާ