މަޤާމު
|
އެސޯސިއޭޓް ސްޕެޝަލިސްޓް
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓީސަނަރސް
|
ރޭންކް: CS13- 1
|
މުސާރަ
|
މަހަކު -/25,260 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/10,200 ރުފިޔާ
|
ފުޑް އެލަވަންސް
|
މަހަކު -/1,800 ރުފިޔާ
|
އެކޮމޮޑޭޝަން
|
މަހަކު -/7,000 ރުފިޔާ
|
ޑިޕާރޓްމަންޓް
|
ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ
|
އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން
|
ނޭޝަނަލް ޑްރަގް އެޖެންސީ/ ކ. މާލެ)ޓްރީޓްމަންޓް ސެންޓަރސް މެނޭޖްމަންޓް ސެކްޝަން)
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސައިކޭޓްރިކް ފަރުވާ ދެވޭ ކްލައިންޓުންގެ މަޢުލޫމާތު ތައްޔާރުކުރުމާއި ބެލެހެއްޓުން.
- ކްލައިންޓުންނަށް ސައިކޭޓްރިކް ފަރުވާ ދިނުމަށްޓަކައި އެމީހުންގެ ޞިއްޙީ ހާލަތު ދެނެގަތުމަށްޓަކައި އެސެސްމެންޓް ހެދުން.
- ފަރުވާދެވޭ ކްލައިންޓުންގެ ފަރުވާދޭންޖެހޭ ކަންތައްތައް ދެނެގަތުމަށްޓަކައި ފަރުވާދެވޭ ކްލައިންޓުންގެ ކައުންސެލަރުންނާއި އާއިލާއާ ގުޅިގެން ފަރުވާދިނުމުގެ މަސައްކަތްކުރުން.
- ކްލައިންޓުންނަށް ދޭންޖެހޭ ސައިކޭޓްރިކް ފަރުވާއަށް ބިނާކޮށް ކްލައިންޓުންނަށް ބޭސް ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
- އެން.ޑީ.އޭގެ ދަށުން މާލެއާއި އަތޮޅުތަކުގައި ހިނގަމުންދާ ސެންޓަރުތަކުގެ ކްލައިންޓުންނަށް ބޭނުންވާ ސައިކޭޓްރިކް ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
- ރިހެބިލިޓޭޝަނާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި އެންމެހައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ކޯރޑިނޭޓްކުރުމުގެ މަސައްކަތްކުރުން.
- ޓެކްނިކަލް ސްޓާފުން (ޑޮކްޓަރުން، ނަރުހުން އަދި ކައުންސެލަރުން) ތިރީގައި ބަޔާންކުރެވޭ ކަންތައްތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކްލާސްތައް ހިންގުން.
- ސައިކޭޓްރިކް ކްލައިންޓުން ބަލަހައްޓާނެގޮތް
- ސުއިސައިޑް ކޭސްތަކަށް އެޓެންޑްކުރާނެގޮތް
- ކޯޓުގައި ހެކި ހުށަހަޅާނެގޮތާބެހޭގޮތުން
- ކްލައިންޓުންގެ ޑާޓާ ބަލަހައްޓާނެގޮތް (ފަރުވާދިނުމާފަރުވާދެވޭ ކްލައިންޓުންނާބެހޭ މަޢުލޫމާތު އަދި އެސެސްމަންޓް ހެދޭ ކްލައިންޓުންގެ މަޢުލޫމާތު)
- ފަރުވާއަށް ބޭނުންވާ ބޭސް ހޯދުމާބެހޭގޮތުން
|
ތަޢުލީމާއި ތަޖުރިބާ
|
މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއަކާ އެއްފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ލިޔުން)
- މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ
- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ.
|
ސުންގަޑި
|
15 ޖުލައި 2015 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061އެވެ. ވަޒީފާއަށް އެދޭ ފޯމު މިއެޖެންސީގެ ވެބްސައިޓް (www.nda.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
|