ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
• 2025 ވަނައަހަރަށް މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ށ. އަތޮޅު ތަޢުލީމީ މަރުކަޒު

   ށ. ކޮމަންޑޫ      

                           ބީލަން ހުށަހެޅުމުގެ ދަޢުވަތު

                                                    އިޢުލާން ނަންބަރ: 12/GS09/2024

 

  • 2025 ވަނައަހަރަށް މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަމެވެ.
  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25  ނޮވެމްބަރ 2024 ން 27 ނޮވެމްބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގެ ކުރިން މިމަރުކަޒަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 01  ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 04 ޑިސެމްބަރ 2024  ބުދަ ދުވަހުގެ 11:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 

  • ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެންހުންނާނެއެވެ.

 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ށ. އަތޮޅު ތަޢުލީމީ މަރުކަޒު
  • ފޯން: 6540062
  • އީ-މެއިލް:[email protected]   

 

25 ނޮވެންބަރު 2024
ހޯދާ