ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސުކޫލުގެ އިޢުލާނު ނަންބަރު(IUL)GS56/2015/15 އަށް ލިބިފައިވާ އަންދާސީހިސާބުގެ މަޢުލޫމާތުތައް ފުރިހަމަ ނުވާތީވެ، އެޢިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
މި ސުކޫލުގައި ހަދަން ފަށާފައި ހުރި 3 ބުރި ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 29 ޖުލައި 2015 (ބުދަ) ދުވަހު ސުކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއެކު މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހުގެ 14:00 އަށް 6600136 ނަންބަރު ފޯނަށެވެ.
15 ރަމަޟާން 1436