މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުން

                                                           ނަންބަރ:(IUL)GS-23/PRIV/2024/21  

އިޢުލާން

2025 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

       2025 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެއެވެ.            

       ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2024 ޑިސެމްބަރ 02 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަންދާސީ ހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ.

   އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.

  1. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓްފިކެޓް އޮތް އުޅަނދަކަށް ވުން.
  2. ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  3. ފާހާނާ ގެ ނިޒާމް ގާއިމް ކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  4. ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމް ހަމަޖެހިފައިވުން.

             ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.   

             23 ޖުމާދަލްއޫލާ 1446 

             25 ނޮވެމްބަރ 2024                                          

                                              އަޙްމަދު ނާހިދު

                                              ޕްރިންސިޕަލް    

                           

25 ނޮވެންބަރު 2024
ހޯދާ