ދިވެހިރާއްޖެ
މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް ކަންގަތި އެވޯރޑް ދިނުމުގެ ރަސްމިއްޔާތުގެ ސައުންޑާއި ލައިޓިންގ ސެޓަޕް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި އޮތޯރިޓީގެ ނަންބަރު: (IUL)221-ASS/221/2024/33 (07 ނޮވެމްބަރ 2024) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހަސާބުތަކުގެ ޝަރުތު ހަމަނުވާތީ އެ މަސައްކަތް ކުރުމަށް އަލުން ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ނޮވެމްބަރ 24 ވާ އާދިއްތަ ދުވަހުން ފެށިގެން 2024 ޑިސެމްބަރ 01 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/8ArBPperzX
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.