މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި ވުޒާރާއިންދޭ އިންޓީރިއަރ ޑިޒައިން އާއި އެއްގޮތަށް ކޮޓަރިއެއް މަރާމާތުކޮށް ފަރނިޗަރ ސަޕްލައިކުރުން

  މި ވުޒާރާއިންދޭ އިންޓީރިއަރ ޑިޒައިން އާއި އެއްގޮތަށް ކޮޓަރިއެއް މަރާމާތުކޮށް ފަރނިޗަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

            ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 04 ޑިސެމްބަރ 2024 ވާ ބުދަ ދުވަހު 11:00 އަށް [email protected]  އީ-މެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

            އިތުރު މަޢުލޫމާތު ނުވަތަ މައުލޫމާތު ޝީޓް ބޭނުންފުޅުވާނަމަ، [email protected] އަށް އީ-މެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

24 ނޮވެންބަރު 2024
ހޯދާ