ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

 

 

 

ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

 

 

ޤާނޫނު ނަމްބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ފޯރުކޮށްދެމުންގެންދާ ބައެއް ޚިދުމަތްތަކުން ފީ ނެގުމާގުޅޭ ގޮތުންނާއި އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމަށް ސަރުކާރުން  ކޮށްފައިވާ އިޢުލާން އާއި ގުޅިގެން މި ކައުންސިލުން ފަޅު ރަށްތަކަށް ކުރިމަތުލުމާއި، ގުޅޭ  ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެއް އޮންނާނެ ވާހަކަ ދަންނަވަމެވެ.

 މި ބައްދަލުވުން އޮންނާނީ 26 ނޮވެމްބަރ 2024 ވަނަ ދުވަހު ހެދުނު 10:00 ކައުންސިލް އިދާރާގެ ކުރުދުމާ މާލަމްގައެވެ.  ފުވައްމުލަކު ސިޓީގެ އެންމެހައި ރައްޔިތުން މި ބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.

 

24 ޖުމާދަލްޢޫލާ 1446

24 ނޮވެމްބަރ  2024

  

24 ނޮވެންބަރު 2024
ހޯދާ