ބޮޑުފޮޅުދޫ ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

 

                                            ނަންބަރ:GS149/IUL-2024/16

އިޢުލާން

 

2025 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2025 ވަނަ އަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރި އިޢުލާން ނަންބަރ:GS149/IUL-2024/15  އަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެމްބަރ 25 އިން ޑިސެމްބަރ 1 އާއި ދެމުދު ރަސްމީ ދުވަހެއްގައި     (8:00 އިން 14:00އާއި ދެމެދު) ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

2. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 1 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. މި ބީލަމާއިގުޅޭ މަޢުލޫމާތު ޝީޓް ބީލަންފޮތުގެ ސެކްޝަން 7 ގައި ހިމަނާފައިވާނެއެވެ. އަދި ބީލަންފޮތް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ.

3. ބިޑް ހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ   2024 ޑިސެމްބަރ 2 ވާ ހޯމަ ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫ ސްކޫލްގެ ލައިބްރަރީ  ގައެވެ.

  ވީމާ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

 ނޯޓް : ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ

ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ

ފޯން:  6660841

އީ-މެއިލް [email protected]

24 ނޮވެމްބަރ 2024

                                                                                                                                                                                           

24 ނޮވެންބަރު 2024
ހޯދާ