މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސް ތަކުގައިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، ކުޑަކުދިންގެ ހިޔާ، ވިލިމާލެ

މަޤާމު

ޑިރެކްޓަރ (ކުޑަކުދިންގެ ހިޔާ)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް:EX 1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ

ތަޢުލީމާއި ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާޢްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްޝަން/މެނޭޖްމަންޓް/ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެހިޔާ ގެ ބެލުމުގެ ދަށުގައި ތިބޭކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިއްޔަތުކޮށް، ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބޭކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާ ޙައްޤުތައް، ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ޢިމާރާތާއި، މެޝިނަރީޒް އާއި، ފަރުނީޗަރު މަރާމާތުކުރުމާއި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގައި ވަޒީވާ އަދާކުރާ މުވައްޒަފުންނާ ގުޅޭ އެންމެހާ މަސައްކަތްތައް، ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާގެ ބަޖެޓުބެލެހެއްޓުމާ ގުޅިގެންކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • ކުޑަކުދިންގެ ހިޔާއަށް ހޯދަންޖެހޭ އެންމެހާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:ޖީއެސް 4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު ، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއަކުން ސެޓްފިކެޓް ލެވަލް 3 ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާ ގައިތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު  ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކުޑަކުދިންގެ ހިޔާ ގައި ތިބޭ ކުދިންގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރު ކޮށް އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގެ ކުދިންނާއިއަދި ޢާއިލާތަކާ އެކީ މަސައްކަތް ކުރުން.
  • ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައިހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓްހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑްޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށްއެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން
  • ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  • ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމު

ކައުންސެލަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އ.ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  • ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސައިކޮލޮޖީ/ސޯޝޮލޮޖީ/ ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސައިކޮލޮޖީ/ސޯޝޮލޮޖީ/ކައުންސިލިން/ސޯޝަލް ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހިޔާގައި އަދި އަމާންހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުދިންނާ ބައްދަލުކޮށް ކައުންސެލިންގ ދިނުން.
  • ކުދިންނަށް ބޭނުންވާ ސަޕޯޓް ގްރޫޕްތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ސަޕޯޓް ގުރޫޕު ކުރިއަށް ގެންދިއުން.
  • ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައިހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓްހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑްޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށްއެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން
  • ކުދިންގެ ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކޮށްދޭފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށް ދިނުމަށްޓަކައި ސްޓާފުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.   
  • ކުޑަކުދިންގެ ހިޔާ ގައިތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު  ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ކުޑަކުދިންގެ ހިޔާ ގައި ތިބޭ ކުދިންގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓުމާއެކު، ރިޕޯޓްތައް ތައްޔާރު ކޮށް އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • މިނިސްޓްރީ އާއި، ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެ ދިނުން. އަދި ކައުންސެލިން ސެޝަންތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  • ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.

މަޤާމު

އެސިސްޓެންޓް ޗައިލްޑް ކެއަރ ވާރކަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:އެސިސްޓަންޓް  ޓެކްނިކަލްއޮފިސަރ ގްރޭޑް1

ރޭންކް GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސް/ކައުންސެލިން/ޗައިލްޑްކެއަރ ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާ/އަމާންހިޔާގައި، ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންބޯންދިނުމާއި، ފެންވެރުވުމާއި، ސްކޫލަށް ގެންދިއުންފަދަ) ބެލެހެއްޓުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމު

ކުދިންބަލަހައްޓާ (ވަގުތީ) 3 މަސް ދުވަހަށް

ބޭނުންވާ އަދަދު

6

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓު ސްޓާފް ގރ.1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ، ވިލިމާލެ

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

ކުޑަކުދިންގެ ހިޔާ/އަމާންހިޔާގައި، ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންބޯންދިނުމާއި، ފެންވެރުވުމާއި، ސްކޫލަށް ގެންދިއުންފަދަ) ބެލެހެއްޓުން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ )އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅި ކަމުގައިވިއަސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިއުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިގެ) އަށް / ކުޑަކުދިންގެ ހިޔާއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ބިއްލޫރިގެ 02 ވަނަ ފަންގިފިލާގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

02 ޖުލައި 2015
ހޯދާ