މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ އައުޓް ސޯސް ކުރުމާއި ގުޅޭ

އިޢުލާން

 

                         ސްކޫލްގެ ސެކިއުރިޓީ އައުޓް ސޯސް ކުރުމާއި ގުޅޭ

 

                2025 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދެނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވާ ބައްދަލުވުން  03 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު 13:30ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި، އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:30އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅެއްވުން އެދެމެވެ.

 

ނޯޓް: މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު  ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން  ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 އަށް ގުޅުއްވުން އެދެމެވެ.

22 ޖުމާދަލްއޫލާ 1446

24 ނޮވެމްބަރ 

24 ނޮވެންބަރު 2024
ހޯދާ