ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ ކުމުންދޫ ޓީމް މެނޭޖްކޮށްދޭނެ ކުލަބު/ޖަމްޢިއްޔާ އެއް ހޯދުން

މިކައުންސިލްގެ ނަންބަރ (IUL)267-ESMS/267/2024/69: އިއުލާނާއި ގުޅިގެން އެއްވެސް ޕްރޮޕޯސަލެއް ހުށަހަޅާފައި ނުވާތީވެ އަލުން ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވެފައިވާ ކުމުންދޫ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                   ވީމާ، ކުމުންދޫ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، ކުލަބު/ޖަމްޢިއްޔާތަކުން،(ހދ.ކުމުންދޫ އަށް ރަޖިސްޓްރީކޮށްފައިވާ) 2024 ޑިސެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މި ޢިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު [email protected]    އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.

                    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.     

24 ނޮވެންބަރު 2024
ހޯދާ