ދިވެހިރާއްޖެ
އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.
ތިރީގައިވާ ރަށްތަކުގައި ފާމަސީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
|
- މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
- މަސައްކަތުގެ ބާވަތް:
- ފާމަސީ އެކްސްޕޭންޝަންގެ މަސަތަކަތްތައް ކުރުން
3. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
3.1 ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި މި ބާވަތުގެ މަސައްކަތް ކުރާ ފަރާތަކަށްވުން.
3.2 ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.
3.2.1 ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެއެވެ.
3.2.2 ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
3.3 ރެޖިސްޓްރީ ކުރާ ޕާޓީ އަކީ އެސްޓީއޯއިން ކުރިއަށް ގެންދާ އެއްވެސް ޕޮރޮޖެކްޓެއްގައި 20% ޑިލޭއެއް އުޅޭ ޕާޓީއެއް ނަމަ، އެފަރާތުގެ ރެޖިސްޓަރޭށަން ބަލައި ނުގަތުމުގެ އިހްތިއާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
3.4 ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.
3.5 ބީލަން ހުށަހަޅާ ފަރާތަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ޑީބަރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ނުވުން އަދި އިކޮނޮމިކް މިނިސްޓްރީގަ ވިޔަފާރީގެ ރަޖިސްޓްރީއާއި ގުޅިގެން އެއްވެސް މައްސަލައެއް އޮންނަ ފަރާތަކަށް ނުވުމާއި މީރާގެ ނަން ކޮމްޕްލަޔަރސް ލިސްޓްގަ މައްސަލައެއް އޮންނަ ފަރާތަކަށް ނުވުން.
3.6 މިޢިއުލާން ގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ކުރިމަތި ލެވޭނީ ގިނަވެގެން )2 ދޭއް( ރަށަށެވެ. ނަމަވެސް ރަޖިސްޓަރ ކުރާފަރާތަކީ، އެސްޓީއޯ ގައި
މިވަގުތު އިތުރު ޕްރޮޖެކްޓެއްގެ 2) ޕްރޮޖެކްޓް( މަސައްކަތް ކުރަމުންދާ ކުންފުނި ނުވަތަ ކުންފުނީގެ ހިއްސާދާރެއް ނަމަ އެފަރާތުގެ ރެޖިސްޓްރޭޝަން ބަލައި ނުގަނެވޭނެއެވެ.
4. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:
4.1 ރަޖިސްޓަރ ކުރާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި މިބާވަތުގެ މަސައްކަތް ކުރާ ފަރާތެއްކަން އަންގައިދޭ ލިޔުން (ކައުންސިލްގެ ސިޓީ)
4.2 ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ
4.3 ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ
4.4 ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ
4.5 ކުންފުނީގެ ހިންގާ ޤަވާއިދު
4.6 ކުންފުނީގެ އަސާސީ ޤަވާއިދު
5. ރަޖިސްޓަރީ ކުރުން:
5.1ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރ 2024 ވަނަ ދުވަހު 1100 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 1422
އީމެއިލް: [email protected]
01 ޖުލައި 2024