އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މާމިގިލީ ޒުވާނުންގެ 4 ވަނަ ވޮލީ މުބާރާތުގެ މެޗްތައްކުޅޭ އިރު ބޯޅަ ހޮވައިދޭނެ ފަރާތެއް ހޯދުން

އދ. މާމިގިލީ ޒުވާނުންގެ 4 ވަނަ ވޮލީ މުބާރާތުގެ މެޗްތައްކުޅޭ އިރު ބޯޅަ ހޮވައިދޭނެ ފަރާތެއް ހޯދުން

 މި އިދާރާގެ ނަންބަރު : (IUL)356/356/2024/90  ( 07 ނޮވެމްބަރ 2024 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ ވޮލީ މުބާރާތުގެ މެޗްތައް ކުޅޭ އިރު ބޯޅަ ހޮވައިދޭން އެދޭ ފަރާތް ތަކުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.  މުއްދަތު: ގާތްގަނޑަކަށް 11 ދުވަސް ( 2024 ޑިސެމްބަރ 02 ން 2024 ޑިސެމްބަރ 14  އާ ދެމެދު ) ކޮންމެ މެޗެއްގައިވެސް ބޯޅަ ހޮވުމަށް މަދުވެގެން 02 މީހުން ތިބެންވާނެ އެވެ. އަދި ކޮންމެ މެޗެއް ފެށުމުގެ 30 މިނިޓް ކުރިން ބޯޅަ ހޮވާ ފަރާތް ތަކުން ވޮލީ ކޯޓަށް ހާޟިރުވާން ވާނެއެވެ. ބޯޅަ ހޮވާ ފަރާތް ތަކުން ވޮލީ ކޯޓުން ދެވޭނީ ކޮންމެ މެޗެއް ނިމުމުން ބޯޅަތައް ހަމަކުރުމަށްފަހު ކައުންސިލުން ކަނޑަ އަޅާ ފަރާތަކާ ބޯޅަތައް ޙަވާލުކުރުމަށްފަހުގަ އެވެ.

  ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  2024 ނޮވެމްބަރ 25 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " އދ. މާމިގިލީ ޒުވާނުންގެ 4 ވަނަ ވޮލީ މުބާރާތުގެ މެޗްތައްކުޅޭ އިރު ބޯޅަ ހޮވައިދޭނެ ފަރާތެއް ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިދެންނެވި ގޮތާ ޚިލާފަށް ހުށަހަޅާ ކޯޓޭޝާނާއި ގަޑިޖެހޭ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައިގަނެވެން ނެތްވާހަކަ ދެންނެވީމެވެ.

   އިތުރުމަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ [email protected]  މެއިލްއަށް ފޮނުވުން އެދެމެވެ . ނުވަތަ 7711722 ނަންބަރު ފޯނާއި ގުޅުމުން މަޢުލޫތު ސާފުކޮށްދެވޭނެ އެވެ.

       18 ޖުމާދަލްއޫލާ 1446   

21 ނޮވެންބަރު 2024
ހޯދާ