ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/415 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
GSRF-PSM BT/24/23 |
އިޢުލާން
- ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް ޗާންދަނީމަގު ބަގީޗާގޭގެ ކައިރީގައި ހުރި ޕީއެސްއެމް ގެ ފައިބަރ ޑިސްޓްރިބިއުޝަން ފޮށިން ސަލްޓަން ޕާކަށް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)PSM-FP/PSM/2024/395 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމަށްވާތީ އެ އިޢުލާނާ ގުޅިގެން ލިބިފައިވާ ކޯޓޭޝަންތައް ބާޠިލްކޮށް އަލުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް:
- ޗާންދަނީމަގު ބަގީޗާގޭގެ ކައިރީގައި ހުރި ޕީއެސްއެމް ގެ ފައިބަރ ޑިސްޓްރިބުއުޝަން ފޮށިން ސަލްޓަން ޕާކް އަށް 12 ކޯރގެ ފައިބާރ ކޭބަލް އެޅުން
- މިފައިބަރ ކޭބަލް ވާންޖެހޭނީ އަންޑަރ ގްރައުންޑް އާމަރޑް ކޭބަލް އަކަށެވެ.
- މިކޭބަލް އަޅަންވާނީ ޗާންދަނީމަގުގައި ހުންނަ ޕީއެސްއެމްގެ ފައިބަރ ޑިސްޓްރިބުއުޝަން ފޮށިން ޗާންދަނީ މަގުން ގޮސް ލިލީ މަގަށް ހުރަސްކޮށް، މިއުޒިއަމް ފާރު ކައިރިން ގޮސް ސަލްޓަން ޕާކް އަށެވެ.
- މިކޭބަލް އަޅާ ރޫޓްގެ ލަފާ ކުރެވޭ ދިގުމިނަކީ 280 މީޓަރެވެ.
- ސަލްޓަން ޕާކްގައި 12 ކޯރގެ ފައިބަރ ކޭބަލް މެނޭޖްމެންޓް ފޮށްޓެއް ބަހައްޓާ އަދި 12 ކޯރ ސްޕްލައިސް ކުރަންޖެހޭނެއެވެ.
- ސަލްޓަން ޕާކްގައި 12 ކޯރގެ ފައިބަރ ކޭބަލް މެނޭޖްމެންޓް ފޮށި ބަހައްޓަންވާނީ ކުޑަ ފާރު ކޮޅެއް ރާނާ ސިމެންތިޖެހުމަށްފަހު އޭގެ މަތީގައެވެ.
- ކޭބަލް އަޅާ ނިންމުމަށްފަހު ކޭބަލް ޓެސްޓް ކޮށްދޭންވާނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަހުދީ ފަރޫޒާން 7751656 ގުޅުއްވުން އެދެމެވެ.
ވީމާ، ދީފައިވާ މަޢުލޫމާތާ އެއްގޮތައް މިކަންކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރ ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ތިރީގައިވާ އީ-މެއިލް އަށް ކޯޓޭޝަން ފޮނުއްވުމަށް ދެންނެވީމެވެ.
ކޯޓޭޝަން މެއިލްކުރާނީ: [email protected]
19 ޖުމާދަލްއޫލާ 1446
21 ނޮވެމްބަރ 2024