ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މިކޯޕަރޭޝަނުގައި ހުރި ބައު ތަކެތި ނީލަން ކިޔުމާ ގުޅޭ

 

 

HDC(161)-ACF/IU/2024/265ނަންބަރު:

މިކޯޕަރޭޝަނުގައި ހުރި ބައު ތަކެތި ނީލަން ކިޔުމާ ގުޅޭ

 

މިކޯޕަރޭޝަނުގައި ކުރިން ބޭނުން ކުރި ބައުވެ ހަލާކުވެފައިވާ ދޯނޔެއް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެންބަރު 2024 (ބުރާސްފަތި) ދުވަހުގެ ހެނދުނު 09:00 ގެ ކުރިން، ނީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 27 ނޮވެންބަރު (ބުދަ) ދުވަހުގެ މެންދުރު ފަހު 03:30 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެއާއެކު، ނީލަންކިޔުމަށް ހަމަޖެހިފައިވާ ދޯނީގެ ތަފްސީލް މި އިޢުލާންގެ 02 ނުކުތާގައި ތަފްސީލް ކިރެވިފައިވާނެއެވެ.

 

1- ނީލަންކިޔާ ތަކެތި ބެލުމާއި މައުލޫމާތު ސާފުކުރުން:

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް، ނީލަންކިޔާ ތަކެތި ދެއްކުމާއި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ، 28 ނޮވެންބަރު 2024 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 ގައި މިކޯޕަރޭޝަންގެ މުނިސިޕަލް ސައިޓު )އެމް.އެސް.އޯ) ގަ އެވެ.

 

2- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް

ބައު ދޯނި

 

ނީލަން ކިޔާ ތަކެތި

50،000 ( ފަންސާސް ހާސް )

ފަށާ އަގު

10،000 ( ދިހަ ހާސް )

ސެކިއުރިޓީ ޑިޕޮސިޓް

ދޯނީގެ ތަފްސީލް

 

ލަކުޑި

ހަލްގެ ބާވަތް

ހަލާކުވެފައި

F971****9

ހަލް

ހަލް ނަންބަރު

13،600

ދިގުމިން

3،900

ފުޅާމިން

ހަލާކުވެފައި

އިންޖީނު

 

 

 

 

 

 

 

 

 

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނީލަން މައުލޫމާތު ކަރުދާސް ‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬

އިޢުލާން ކުރެވޭ 03 (ތިނެއް) ވަނަ ފަހަރު

އިޢުލާން ނަންބަރ: HDC(161)-ACF/IU/2024/265

ތާރީޚް: 20 ނޮވެންބަރު 2024

ނީލަމުގެ ސުރުޚީ:ބައުވެ ހަލާކުވެފައިވާ މުދާ ނީލަމުގައި ވިއްކާލުން

ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ އިރުޝާދު

 

 

ތަފްސީލް

1.0

ނީލަމުގެ މަޢުލޫމާތު

1.1

ނީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއްވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.

[email protected]

 

1.2

ނީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ވަގުތު

ތާރީޚް:28 ނޮވެންބަރު 2024

ގަޑި: 09:00 (ހެނދުނު)

1.3

ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ ތިރީގައި ބަޔާން ކުރެވިފައިވާ ދުވަހު،ދެވިފައިވާ އެޑްރެހުގައެވެ.‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬

ތާރީޚް: 24 ނޮވެންބަރު 2024

ގަޑި: 10:00 (ހެނދުނު)

އެޑްރެސް: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުނިސިޕަލް ސައިޓް )އެމް.އެސް.އޯ) ، ހުޅުމާލެ.

1.4

ނީލަން ކުރިޔަށް ދާނީ އޯޕަން ބިޑިންގެ އުސޫލުންނެވެ.

1.5

ނީލަން ކިޔުން ފެށޭނީ 50،000 ( ފަންސާސް ހާސް )ރުފިޔާއިން

ފަހަރަކު އިތުރު ކުރެވޭނީ 1،000 (އެއްހާސް) ރުފިޔާ

1.6

ނީލަމުގެ ބައިވެރިން ހާޒިރުވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަހާއި ދެވިފައިވާ އެޑްރެހަށެވެ.

ތާރީޚް:28 ނޮވެންބަރު 2024

ގަޑި: 10:00 (ހެނދުނު)

އެޑްރެސް: ފައިނޭސް މީޓިން ރޫމް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހެޑް އޮފީސް، ދެވަނަ ފަންގިފިލާ، ހުވަނދުމާ ހިނގުން، ހުޅުމާލެ.

 

 

1.7

ނީލަމުގައި ބައްލަވައިގަންނަ ތަކެތި ހުރި ތަންތަނުން ގެންގޮސް ހުސްކުރުމާއި ތަން ސާފުކުރުމުގެ ޚަރަދު ކުރަންވާނީ ނީލަން ކާމިޔާބު ކުރާ ފަރާތުންނެވެ.

1.8

ނީލަމުގެ ބައިވެރިން ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު އެއްވެސް ފަރާތެއް ނީލަމުގައި ބައިވެރިނުކުރެވޭނެއެވެ.

ނީލަމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ނީލަން ކުރިއަށް ގެންދިއުމަށްކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ.

 

2.0

ރަޖިސްޓްރީވާން ހުށައަޅަންޖެހޭ ލިޔުން

2.1

ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ދީފައިވާ ގަޑީގެކުރިން، ރަޖިސްޓްރީވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މިކޯޕަރޭޝަނަށް ހުށަހެޅުންއެދެމެވެ. ރަޖިސްޓްރޭޝަން ފޯމް މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

2.2

ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދީފައިވާ ގަޑީގެ ކުރިން، ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

  1. ރެޖިސްޓްރޭޝަން ފޯމު

  2. އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

  3. ކުންފުންޏެއްނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

  4. ސެކިއުރިޓީ ޑިޕޮސިޓް ސްލިޕްގެ ކޮޕީ

  5. ޑިއު ކްލިޔަރެންސް (ނީލަން ހުށައަޅާ ތާރީހުގެ 4 ދުވަސް ކުރިން މި ކޯޕަރޭޝަން ޑިއު ކްލިޔަރެންސް އަށް އެދި ހުށައަޅަން ވާނެއެވެ.)

2.3

ނީލަމުގައި ރަޖިސްޓްރީވުމަށް ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް މަދު ނަމަ، ނުވަތަ ފޯމުގައި ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނޫންނަމަ، އެފަރާތެއްގެ ފޯމް ބާތިލްކުރެވޭނެއެވެ.

 

3.0

ސެކިއުރިޓީ ޑިޕޮސިޓް

3.1

އަގު ހުށައަޅާ ފަރާތްތަކުން ނީލަމުގެ ސުންގަޑި ހަމަވުމުގެ 1 (އެކެއް) ގަޑިއިރު ކުރިން ސެކިއުރިޓީ ޑިޕޮސިޓްގެގޮތުގައި:

-/10،000 ރުފިޔާ (ދިހަ ހާސް ރުފިޔާ) ދައްކަންވާނެއެވެ.

3.2

ނީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ރީފަންޑް ކުރުމަށް 30 (ތިރީސް) ދުވަސް ތެރޭގައި ހުށައަޅަންވާނެއެވެ. މި 30 (ތިރީސް) ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. މިމުއްދަތުގެ ތެރޭގައި ޑިޕޮސިޓް ނެގުމަށް ހުށަނާޅާ ފަރާތްތަކުގެ ސެކުއުރިޓީ ޑިޕޮސިޓް މިކޯޕަރޭޝަނަށް އިދާރީ ފީއެއްގެ ގޮތުގައި ނެގޭނެއެވެ.

3.3

މިކޯޕަރޭޝަނުން އިޢުލާންކުރާ އެހެން ނީލަމަކަށް ޑިޕޮސިޓް ދެއްކުމަށް ނުވަތަ މިކޯޕަރޭޝަންގެ އެހެން ޚިދުމަތަކަށް ފައިސާ ދެއްކުމަށް މިފައިސާ ބޭނުން ނުކުރެވޭނެއެވެ.

3.4

ނީލަން ކާމިޔާބުވާ ފަރާތުން މުދަލަށް ފައިސާ ދެއްކުމަށް އަދި މުދާ ގެންދިއުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ ނުވަތަ ތަކެތި ގެންގޮސްފައި ނުވާނަމަ ސެކިއުރިޓީ ޑިޕޮސިޓް މިކޯޕަރޭޝަނަށް ނެގޭނެއެވެ.

 

4.0

ނީލަމުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު

4.1

ނީލަން ކިޔުން ކުރިޔަށްދާނީ އިޢުލާނުގައި ބުނާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ގަޑިޔަށް ހާޒިރުވާ ފަރާތްތަކާއި އެކުގައެވެ. އިޢުލާނުގައި ބުނާ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރި ނުވެވޭނެއެވެ.

4.2

ނީލަން ކުރިއަށް ގެންދެވޭނީ ނީލަންކުރުމަށް ކުރެވޭ ފުރަތަމަ އިޢުލާނުގެ ދަށުން މަދުވެގެން 3 (ތިނެއް) ބައިވެރިން ހަމަވުމުންނެވެ.

ދެވަނަ އިޢުލާނުގައި 2 ‬‬ބައިވެރިން ހަމަވުމުން ނީލަން ފެށިދާނެއެވެ.

ތިންވަނަ އިޢުލާނުގައި 1 ބައިވެރިން ހަމަވުމުންނީލަން ފެށިދާނެއެވެ. ‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬

4.3

ނީލަން ނިމުމަށްފަހު ނީލަން ކާމިޔާބުކުރި ފަރާތަށް ނީލަން ކާމިޔާބުވިކަމުގެ ލިޔުން ހަވާލު ކުރެވޭނެއެވެ.

4.4

ނީލަން ފަށާފަހުން ހާޒިރުވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެއެވެ.

 

5.0

ނީލަމުން ނަގާ ތަކެއްޗަށް ފައިސާ ދެއްކުން

5.1

ނީލަން ކާމިޔާބުކުރާ ފަރާތަށް ލިޔުމުން އެކަން އަންގާތާ 48 ގަޑިއިރު ތެރޭގައި ފައިސާދައްކަންވާނެއެވެ. މި 48 ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އަދި ފައިސާ ދެއްކުމުން ފައިސާދެއްކިކަމުގެ ރަޝީދު އެފަރާތާ ހަވާލު ކުރެވޭނެއެވެ.

5.2

ނީލަމުން ނަގާ ތަކެއްޗަށް އިންވޮއިސް ހެދޭނީ ނީލަން ކާމިޔާބުކުރި ފަރާތުގެ ނަމުގައެވެ. އެހެން ފަރާތަކުންފައިސާ ދެއްކިނަމަވެސް އެފަރާތުގެ ނަމުގައި އިންވޮއިސް ނުހެދޭނެއެވެ.

5.3

ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާފައި ނުވާނަމަ، ދެވަނައަށް އެންމެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.‬‬‬‬‬‬‬

 

ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާފައި ނުވާނަމަ، އެތަކެތި އަލުން ނީލަން ކިއުމުގެ ނުވަތަ ދެވަނައަށް އެންމެ ބޮޑު އަގެއް ހުށައެޅި ފަރާތަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.

 

5.4

5.3 ވަނަ މާއްދާގައިވާ އެހެން ބަޔާންވެފައި ވީނަމަވެސް، ނީލަން ކާމިޔާބު ކުރާ ފަރާތުން ފައިސާ ނުދައްކައިފިނަމަ، އެތަކެތި އަލުން ނީލަން ކިއުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަންއަށް ލިބިގެންވެއެވެ.

5.5

ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 10 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަން ވާނެއެވެ.

10 ދުވަސް ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ.

 

6.0

ނީލަންވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް

6.1

ނީލަން ކިޔާ ވަގުތުގައި މަސައްކަތައް އުދަގޫވާގޮތަށް އަޑުގަދަކޮށް ވާހަކަ ދައްކާ ހަދައިގެން ނުވާނެއެވެ. މިފަދައިން ޢަމަލުކުރާ ފަރާތްތައް ނީލަމުގައި ބައިވެރިނުކޮށް ނީލަން މާލަމުން ފޮނުވާލުމުގެ އިޚްތިޔާރު މިކޯޕަރޭޝަނަށްލިބިގެންވެއެވެ.‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬

 

 

7.0

ނީލަން ކާމިޔާބުކުރާ ފަރާތުން ތަކެއްޗާއި ޙަވާލުވުމާއި ގެންދިޔުން

.17

ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމުމަށްފަހު، ފައިސާ ދައްކާފައިވާ ތަކެއްޗާއި 48 ގަޑިއިރު ތެރޭގައި ޙަވާލުވެ،ތަކެތި ހުރިތަނުން ގެންދިއުމުގެ އަމަލީ މަސައްކަތް ފަށަންވާނެއެވެ. މި 48 ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުގުނައެވެ.

7.2

ނީލަމާ ގުޅިގެން މިކޯޕަރޭޝަނުން ކުރާ ފުރަތަމަ އިޢުލާނުގައި ބަޔާންކުރާ މުއްދަތު ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

7.3

ތަކެތި ގެންދިޔުމާއި ތަން ހުސްކުރުމުގެ މަސައްކަތުގެ މުއްދަތު އިތުރުކުރަން ޖެހިދާނެކަމަށް ލަފާކުރެވޭނަމަ، ކުރިން ދެވިފައިވާ މުއްދަތު ހަމަވުމުގެ 3 ދުވަސް ކުރިން އެދެންވާނެއެވެ.

7.4

އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތު މަގުބޫލު އުޒުރެއްނެތި އިތުރުކުރުމުގެ ފުރުސަތަކައް ނޭދެވޭނެއެވެ.

7.5

ނީލަމުގައި ގަންނަ ތަކެތި ގެންދިޔުމުގެ ހުރިހާ ޚަރަދަކަށް ޒިންމާވާނީ ނީލަން ކާމިޔާބުކުރާ ފަރާތްތަކުންނެވެ.

 

8.0

ފައިސާ ނުދައްކާ ފަރާތްތަކާއި ތަކެތި ނުގެންދާ ފަރާތްތަކާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް

8.1

ނީލަން ކާމިޔާބުކުރާ ފަރާތްތަކުގެ ތެރެއިން، ތަކެއްޗަށް ފައިސާ ދެއްކުމަށް ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފައިސާނުދައްކާ ފަރާތްތަށް އަދި ފައިސާ ދެއްކުމަށްފަހު ބަޔާންކޮށްފައިވާ ފަދައިން ތަކެތި ނުގެންދަވާ ފަރާތްތަކައް ތިރީގައިމިދަންނަވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. އަދި އެފަދަ ފަރާތެއްގެ ސަސްޕެންޝަނުގެ މުއްދަތު ހަމަނުވަނީސްމިކޯޕަރޭޝަނުގެ ފަރާތުން ހުޅުވާލާ އެއްވެސް ނީލަމެއްގައި އަދި ބީލަމެއްގައި ބައިވެރި ނުވެވޭނެއެވެ. އަދިމިމުއްދަތުގެ ތެރޭގައި ނީލަމުގެ ތަކެތި ބަހައްޓާފައި ހުންނަ ސަރަޙައްދަކަށް އެފަދަ ފަރާތްތަކަށް ވަނުމުގެ ހުއްދަ ގެއްލިގެން ދާނެއެވެ.

ފިޔަވަޅު އެޅޭ މުއްދަތުތައް:

3،000.00 އިން 10،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 6 މަސްދުވަސް.

10،001.00 އިން 50،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 12 މަސްދުވަސް.

.0050،001 އިން .00100،000 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 18 މަސްދުވަސް.

.00100،001 އިން 300،000.00 ރުފިޔާއާ ދެމެދުގެ އަގު ހިމެނޭ ނީލަމެއްނަމަ 24 މަސްދުވަސް.

.00300،001 ރުފިޔާއަށްވުރެ އިތުރުވާނަމަ މި ކޯޕަރޭޝަނުން ކަންޑައާޅާ މުއްދަތެއް.

 

 

 

8.2

މިމާއްދާގެ 3.5 ގައިވާ ގޮތުގެ މަތިން ނީލަން ކާމިޔާބުކޮށް، ދެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކާ ނުވަތަ ތަކެތި ގެންގޮސްފައި ނުވާނަމަސެކުއުރިޓީ ޑިޕޮސިޓްގެ ގޮތުގައިދައްކާފައިވާ ފައިސާ މިކޯޕަރޭޝަނަށް ނެގޭނެ ވާހަކަ ދަންނަވަމެވެ.‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬

އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޕަރޭޝަނުގެ 3355345 ނަންބަރު ފޯނާ ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

 

21 ނޮވެންބަރު 2024
ހޯދާ