ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ޢަރަބި ބަހުން ލިޔެފައިވާ 3 ފޮތް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ޢަރަބި ބަހުން ލިޔެފައިވާ 3 ފޮތް ތަރުޖަމާކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

1-      އަލްމަދުޚަލު އިލާ ޢިލްމުލްޤިރާއަތި 459 ޞަފްޙާ

2-      ފަޠްޙުލްބާރީ 518 ޞަފްޙާ

3-      އަލްއިތްޤާން ފީ ޢުލޫމުލްޤުރްއާން 365 ޞަފްޙާ

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެންބަރު 25 ވާ ހޯމަ ދުވަހުގެ 10:15 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2024 ޑިސެންބަރު 03 ވާ އަންގާރަ ދުވަހުގެ 10:15 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި " ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ޢަރަބި ބަހުން ލިޔެފައިވާ 3 ފޮތް ތަރުޖަމާކުރުން " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

21 ނޮވެންބަރު 2024
ހޯދާ