މި އިދާރާއިން )21 އޮކްޓޯބަރ 2024(ގައި ކުރެވުނު އިޢުލާން ނަންބަރު ((IUL)420-PED/420/2024/64 އާ ގުޅިގެން، އައުޓްޑޯ ޖިމް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށްދޭނޭ ފަރާތެއް ހޯދުމަށް ހުޅުވާލެވުނު ބީލަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވަރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ 500 (ފަސްސަތޭކަ ރުފިޔާ)އެވެ.
- މަޢުލޫމާތު ޝީޓް އީމެއިލް މެދުވަރިކޮށް ނުވަތަ މި އިދާރާއަށް ވަޑައިގެން އެދިލެއްވުމުން ލިބިވަޑައިގަންނަވާނެ.
- ރަޖިސްޓްރީ ވުމަށްޓަކައި 27 ނޮވެމްބަރ 2024 (ބުދަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
- · ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.office.com/r/4bvTKi8kPK
|
ފައިސާ ދެއްކުން
|
- ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
- · ނޯޓް: ރެޖިސްޓަރީކުރުމަށް ފަހު ފީ އަނބުރާ ރިފަންޑު ނުކުރެވޭނެ.
- ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް
ބޭންކް: ބޭންކް އޮފް މޯލްޑިވްސް
ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1
އެކައުންޓް ނަންބަރ: 001 700301 7710
ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: 7633734
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ފިރީބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 ނޮވެމްބަރ 2024ވާ (ބުރާސްފަތި) ދުވަހުގެ (މެންދުރު) 14:00 ގެ ކުރީން މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން[email protected] އަށް މެއިލް ކުރުމުން އަދި ރަސްމީގަޑީގައި މި އިދާރާގެ ފޯންނަންބަރު 6840016 ގޫޅާލެއްވުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޑިސެމްބަރ 2024 (އަންގާރަ) ދުވަހުގެ 10:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2024 (އަންގާރަ) ދުވަހުގެ 10:15ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޞިރުވާ ފަރާތްތަކުގެ ކުރީމަތީގައެވެ.
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނަނީ ގދ. ރަތަފަންދޫ ކައުންސިލް އިދާރާގައެވެ.
|