ފައިނު ސްކޫލް
ދިވެހިރާއްޖެ
ފައިނު ސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

 2025ވަނަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރ 2025ވާ އަންގާރަދުވަހުގެ 14:00ގެ ކުރިން ސުކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކުމެދުވެރިކޮށް( https://forms.gle/twjesF9RVznMKi8A6 ) ބީލަމުގައި ރަޖިސްޓުރީވުމަށްފަހު، 03 ޑިސެމްބަރު 2024ވާ އަންގާރަދުވަހު ހެނދުނު 10:00އަށް މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ފޯން ނަންބަރ: 6580358

އީމެއިލް އެޑްރެސް: [email protected]

21 ނޮވެންބަރު 2024
ހޯދާ