ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުން

1. މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، 15 ޔޫވީ ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)245-MIM/245/2024/76 އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝަރުތު ހަމަވާ ބީލަމެއް ހުށަހަޅާފައިނުވާތީ،  15 ޔޫވީ ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް  އިއުލާން ކުރަމެވެ.

2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 21 ނޮވެމްބަރ 2024 އިން 27 ނޮވެމްބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީވުން ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/sr2UupVH1W

3. މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501013 އަށް ގުޅުއްވުން އެދެމެވެ.

4. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 02 ވާ ހޯމަ ދުވަހުގެ 10:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

5. ބީލަން ފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

21 ނޮވެންބަރު 2024
ހޯދާ