ދިވެހިރާއްޖެ
ލ.އިސްދޫ އާސާރީ މިސްކިތުގެ ވަށާ ފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު މިއިޢުލާނާއެކު ވާނީ ގެޒެޓްކުރެވިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކޮށްފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު ތިރީގައިއެވާ މެއިލަށް މެއިލްކުރެއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
01 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށްފަހު [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
2 |
މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ |
01 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހު 13:00ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ. |
3 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
03 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އިސްދޫ ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.) |
4 |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް |
ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ. |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.