ދިވެހިރާއްޖެ
މިމަރުކަޒުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- ދަރިވަރުންގެ 6 ފާހަނާގެ ތަޅުމުގައި ޖަހާފައިވާ ތަށިމުށިތަށް ނަގައި އައު ތަށިމުށި ޖެހުން.
2- ދަރިވަރުންގެ 6 ފާހަނާތަކަށް ގުޅާފަހުރި ނަރުދަމާ ހޮޅިތަށް އަލަށް ހަރުކުރާ ފާހަނާތަށި ތަކާ ގުޅޭގޮތަށް ބަދަލު ކުރުން.
3- ދަރިވަރުންގެ 6 ފާހަނާގައި ބަހައްޓާފައިހުރި ފާހަނާތަށިތަށް ނަގާ އައު ތަށި ހަރުކުރުން.
4- ދަރިވަރުންގެ ފާހަނައިގައި ހުރި މޫނުދޮންނަތަން މަރާމާތުކޮށް އައު ތަށި ބަދަލު ކުރުން.
- ރަޖިސްޓްރީވުން: 2024 ނޮވެމްބަރ 27 ވާ (ބުދަ) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް މި މަރުކަޒަށް ހުށައެޅުން އެދެމެވެ. އީމެއިލުން ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މަޢުލޫމާތު ދިނުން: 2024 ނޮވެމްބަރ 28 ވާ (ބުރާސްފަތި) ދުވަހު 10:30 ގައި ކ. އަތޮޅު ތަޢުލީމީމަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން: 2024 ޑިސެމްބަރ 3 ވާ (އަންގާރަ) ދުވަހު 10:30 ގައި ކ. އަތޮޅު ތަޢުލީމީމަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ. މި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި (ސިޓީ އުރާއިގެ ބޭރުގައި) އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުންފުނި/ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ބީލަން ފޮތް މިމަރުކަޒުގެ އިދާރާއިން ލިބޭނެއެވެ. އަދި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6640095 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.