އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހި އިމާރާތް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުން

އަތޮޅުވެހި އިމާރާތް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުން.

 

މިކައުންސިލްގެ އަތޮޅުވެހި އިމާރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

ވީމާ މިއިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • ‏ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުން: މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ބިޑްރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 27 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް [email protected]  އަށް މެއިލްކޮށްގެން.
  •  މައުލޫމާތު ދިނުމުގެ ބައްދަލުވުން: 25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާ ގައި.
  • ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 04 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި.

މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected]  އަށް މެއިލްކުރުން އެދެމެވެ.  އަދި ރެޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަން އަންގާ އިޢުލާނު ކުރަމަވެ.

21 ނޮވެންބަރު 2024
ހޯދާ