ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ ވަންނަ ބޮޑު ދޮރާއި އެކި ސެކްޝަންތަކުގައި ހަރުކޮށްފައިވާ ލަކުޑި ބޮޑު ދޮރާއި ދޮރުފަތްތައް ނައްޓައި އެލްމެނިއަމް ދޮރު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ ވަންނަ ބޮޑު ދޮރާއި އެކި ސެކްޝަންތަކުގައި ހަރުކޮށްފައިވާ ލަކުޑި ބޮޑު ދޮރާއި ދޮރުފަތްތައް ނައްޓައި އެލްމެނިއަމް ދޮރު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.ވީމާ، މި މަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު، (ޤާނޫނު ނަމްބަރ 2014/18) އަދި (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

މި ބިޑްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު 21 ނޮވެމްބަރ 2024 ން 27 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 10:30ގެ  ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީވުމަށް ރަސްމީ ގަޑީގައި މިމަރުކަޒުގެ 6600757 ނަމްބަރު ފޯނަށްގުޅައި ނުވަތަ [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ.

 

 

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

* މި މަސައްކަތާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 27 ނޮވެމްބަރ 2024ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައެވެ. މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

* މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީހުގައެވެ.

* މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ދރ އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާ ނަމަ އެ ފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.

 

 

 

 

 

މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން

 

 

* މިމަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 04 ޑިސެމްބަރ 2024 ވާ ބުދަ ދުވަހު 10:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވެނެއެވެ.

* އަންދާސީ ހިސާބާއެކު ހުށަހަޅާ އެންމެހައި ލިޔެކިއުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި

 " ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ ވަންނަ ބޮޑު ދޮރާއި އެކި ސެކްޝަންތަކުގައި ހަރުކޮށްފައިވާ ލަކުޑި ބޮޑު ދޮރާއި ދޮރުފަތްތައް ނައްޓައި އެލްމެނިއަމް ދޮރު ހަރުކުރުމުގެ މަސައްކަތުގެ އަންދާސީ ހިސާބު" މިހެން ލިޔެ އިޢުލާން ނަމްބަރު ޖަހާފައި އޮންނަންވާނެއެވެ.

* އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއާއި، ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާ ނަމަ އެކަން ބަޔާންކޮށް ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދރ އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

* އަންދާސީހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން އަންދާސީ ހިސާބު ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ އެއް ޙާޟިރެއްގައެވެ.

* އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީހުގައެވެ.

 

 

 

 

 

 

 

އަންދާސީ ހިސާބު ހުށަހެޅުން/ އަންދާސީ ހިސާބު ހުޅުވުން.

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ޞިއްޙީ މަރުކަޒަށް ގުޅުއްވުން އެދެމެވެ.

ކުޑަރިކިލު ޞިއްޙީ މަރުކަޒު / ބ. ކުޑަރިކިލު

ފޯން: 6600757 (އިދާރީ)

އީމެއިލް:[email protected]

 

21 ނޮވެންބަރު 2024
ހޯދާ