ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
2025 މެއި / ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާންތަކާއިގުޅޭ

އިއުލާން    

 

 2025މެއި / ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާންތަކާއިގުޅޭ

 

2025 މެއި / ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ.ސީ.އޯލެވެލްއާއި، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާން ތަކުގައި މިސެންޓަރުގަ އަމިއްލަގޮތުން ބައިވެރިވާން ބޭނުންވެލަށްވާ ފަރާތްތަކަށް އެފުރުޞަތު އާންމުކޮށްވަނީ ހުޅުވާލެވިފައެވެ. 

ވީމާ، އަމިއްލަގޮތުން މިސެންޓަރުގަ އޯލެވެލް އިމްތިޙަންތަކުގައި ބައިވެރިވެލައްވާން ބޭނުންވާ ކެނޑިޑޭޓުން 2024 ޑިސެމްބަރ 09ވަނަ ދުވަހުގެ 10:00ގެ ކުރިން މިސްކޫލްގެ އޮފީހަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުންއެދެމެވެ. ފޯމު ދޫކުރުމާއި ފޯމު ޗެކުކުރުން އަދި  ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން  12:00އަށެވެ. ފޯމް ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީއެއް ހުށަހަޅަންވާނެއެވެ.

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

އިތުރު މައޫލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯނުން ނުވަތަ އީމެލް ކުރެއްވުން އެދެމެވެ.

 

ބިލެތްފަހީ ސްކޫލް

 

ށ.ބިލެތްފަހީ، ދިވެހިރާއްޖެ

 

ފޯން: 6540580

 

އީ-މެއިލް: [email protected]

 

19 ޖުމާދުލްޢޫލާ  1446

21 ނޮވެމްބަރ 2024

21 ނޮވެންބަރު 2024
ހޯދާ