ދިވެހިރާއްޖެ
އިޢުލާން
ފޮޅާސާފު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 9،8،7 މި ތިން ފަންގިފިލާ 2 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 14:00 އަށް ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 2024 ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ 14:00 އަށް ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ.
19 ޖުމާދަލްއޫލާ 1446
21 ނޮވެމްބަރު 2024