ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކިނބިދޫ ސްކޫލް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

        c

                       

                                                                                  ނަންބަރު: GS55/IUL/2024/28

އިޢުލާނު

 

ކިނބިދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

1 ޖަނަވަރީ 2025 ން މީލާދީ 1 އަހަރު ދުވަހަށް، މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 28 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މި ސްކޫލުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު މިސްކޫލުގެ އޮފީސް ކައުންޓަރުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

މިބީލަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 28 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި މި ސުކޫލުގައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 ޑިސެންބަރު 2024 ވާ ބުދަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމައެގަޑީ ގައި، ބީލަން ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުށަހަޅާ ފަރާތުން ނުވަތަ ބަދަލުގައި އަންނަ ފަރާތުން މިބައްދަލުވުމުގައި ބައިވެރި ވާންވާނެއެވެ. ބަދަލުގައި އަންނަ ފަރާތުން ބީލަން ހުށަހަޅާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން: 6780095

 އީ-މެއިލް:    [email protected] 

 

19 ޖުމާދަލްއޫލާ 1446

21 ނޮވެންބަރު  2024

 

 

                                         

 

21 ނޮވެންބަރު 2024
ހޯދާ