ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި  ހޮސްޕިޓަލަށް  އިތުރުކޮށްފައިވާ  ތަރުޖަމާނުކަމުގެ  3  މަޤާމަށް  މީހުން  ހޯދުމަށްޓަކައި  14  މޭ  2015  ގައި  ކުރެވުނު  މި  ހޮސްޕިޓަލުގެ  IUL)LHAH-AH/LHAH/2015/12)  ނަންބަރުގެ  އިޢުލާނުގައިވާ  މަޤާމުގެ  އަސާސީ  ޝަރުޠަށް  މިނިސްޓްރީ  އޮފް  ހެލްތުގެ  އެޗް. އާރު. އެމް. ޑީ.  ކޮމެޓީން  ބަދަލުގެންނަވާފައިވާތީ،  އެ  އިޢުލާނާއި،  އެ  އިޢުލާނާ  ގުޅިގެން  ހުށަހެޅުނު  ހުށަހެޅުންތައް  ބާޠިލްކޮށް،   އެ  މަޤާމަށް  މީހުން  ހޯދުމަށް  އަލުން  އިޢުލާން  ކުރަމެވެ. 

ބޭނުންވާ އަދަދު: 3 (ތިނެއް)

ތަރުޖަމާނު

މަޤާމް:

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

4465.00 ރުފިޔާ

މުސާރަ:

މަސައްކަތް ކުރަންޖެހޭ ތަން: ޅ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން: ޕަބްލިކް ރިލޭޝަން

- އޮފިސަރ ގްރޭޑް 1

- ޖީ. އެސް. 3

ކްލެސިފިކޭޝަން / ރޭންކް:

- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

 

 

މަޤާމުގެ ޝަރުޠު:

- ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނުމާއި، ބަލިމީހާއަށް އަންގައިދިނުމަށް ޑޮކްޓަރު ވިދާޅުވާ ކަންތައްތައް ބަލިމީހާއަށް އަންގައިދިނުން.

- ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީކުރުމާއި، ނަންބަރު ދޫކުރުން.

- ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިޔުމުގައްޔާއި މިފަދަ ކަންކަމުގައި ޑޮކްޓަރަށް އެހީވުން.

- ޕޭޝަންޓް މާސްޓަރ އިންޑެކްސް ދުވަހުން ދުވަހަށް އަޕްޓޭޑްކުރުން.

- އޯ. ޕީ. ޑީ. ގައި ފަރުވާދެވޭ ބަލިމީހުންގެ ރެކޯޑުތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

- މެޑިކަލް ރެކޯޑްސް ތައްޔާރުކުރުން.

- ބަލިމީހުންނާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާގޮތުގެމަތިން ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ކޮމިޔުނިކޭބަލް ޑިޒީޒް ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ޚިދުމަތަށް އެދި އަންނަ މީހުންނަށް އިޙްތިރާމްކޮށް ހިތްހެޔޮކަމާއެކު އެހީތެރިވެ މަގުދައްކައިދިނުމާއި، ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.

- ޚިދުމަތުގެ އަގުގެގޮތުގައި ހޮސްޕިޓަލަށް ނަގާ ފައިސާ ބަލައިގަތުމާއި، ރެކޯޑް ބެލެހެއްޓުން.

- ފޯންކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދުމަތްތެރިގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށްދިނުން.

- އާސަންދައިގެ ދަށުން ޚިދުމަތް ހޯދާ މީހުން މަޢުލޫމާތުތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމާއި، ރިކޯޑްތައް ބަލަހައްޓާ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

- އާސަންދައިގެ ދަށުން ހަމަޖައްސަންޖެހޭ ލިޔެކިޔުންތައް ފުރިހަކުރުން.

- ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުން.

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

- ޑިޔުޓީ އުޞޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް.

 

އިތުރު ޢިނާޔަތްތައް:

- ސިވިލް   ސަރވިސްގެ   ވަޒީފާއަށް  އެދޭ  ފޯމް،   ޕާސްޕޯޓް  ސައިޒުގެ  ފޮޓޯއާއެކު  (ވަޒީފާއަށް  އެދޭ  ފޯމް ޅ.  އަތޮޅު  ހޮސްޕިޓަލުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ނޯޓް: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ އައި ޑީ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިއެޓްކޮށްފައިވާ ނުވަތަ އެކްރެޑިއެޓްކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭގޮތަށް ދޫކޮށްފައިވާ ލިޔުންތައް.

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

ތަޢުލީމާ އިތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި، އިންޓަވިއުއިން އެންމެމަތީ މާކްސް ހޯދާ މީހެކެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.

- މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  މި  މަޤާމަށްއެދި  އެޕްލިކޭޝަން  ހުށަހެޅުމުގެ  އެންމެ  ފަހު ތާރީޚުން ފެށިގެން 5 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

 

އިންޓަވިއު ކުރުން:

މި މަޤާމަށް ކުރިމަތިލާ  ފަރާތްތަކުން ވަޒީފާއަށް  އެދޭފޯމް  ހުށަހެޅުމުގެ  އެންމެފަހުގެ ތާރީޚަކީ، 2015 ޖުލައި 15 ވަނަ ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ، ޅ. އަތޮޅު ހޮސްޕިޓަލުންނެވެ.

ސުންގަޑި:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 6620048 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ